Last Updated: June 8, 09:28
Monday, June 8, 2026
ޚަބަރު

ވައްކަމަކާ ގުޅިގެން މީހަކު ހޯދަނީ

ސައިކަލެއްގެ މަޑިދަށުން ވައްކަން ކުރި މައްސަލައެއްގައި މީހަކު ހޯދަން ފުލުހުން އިއުލާންކޮށްފި އެވެ.

އެ މީހާ ފެންނަ ވީޑިއޯއެއް މިއަދު ހިއްސާކޮށް ފުލުހުން ބުނީ އެމީހާ އަކީ މާފަންނު ޕޮލިސް އިންވެސްޓިގޭޝަނުން ތަހުގީގު ކުރަމުން އަންނަ ސައިކަލެއްގެ މަޑިދަށުން ވައްކަމުގެ މައްސަލައަކާ ގުޅިގެން ހޯދަން ބޭނުންވެ، ކާކުކަން ދެނެގަނެވިފައި ނުވާތީ ހޯދިފައި ނުވާ މީހެއް ކަމަށެވެ.

އެހެންވެ ވީޑިއޯ އިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާ ނަމަ މާފަންނު ޕޮލިސްގެ ނަންބަރު 9660183 އަށް ގުޅައި ހިއްސާކޮށް ދޭން އެދިފައިވެ އެވެ.