Last Updated: May 14, 20:54
Wednesday, May 14, 2025
ޚަބަރު

ޓްރާންސްޕޮޓޭޝަން ސޭފްޓީ ބޯޑަށް މީހުން ހޯދަނީ

މޯލްޑިވްސް ޓްރާންސްޕޮޓޭޝަން ސޭފްޓީ ބޯޑް (އެމްޓީއެސްބީ) އަށް ބޭނުންވާ މުވައްޒަފުން ހޯދަން ޓްރާންސްޕޯޓް މިނިސްޓްރީން އިއުލާންކޮށްފި އެވެ.

އެ ބޯޑަށް މުވައްޒަފުން ހޯދާ މަގާމުތަކުގެ ތެރޭގައި ހިމެނެނީ ޑިރެކްޓަރަށް ހޯދާ އެޑްމިނިސްޓަރަކާއި ފްލައިޓް އޮޕަރޭޝަންސް ދާއިރާ އަށް ސީނިއަ އެކްސިޑެންޓް އިންވެސްޓިގޭޓަރަކާއި އެއާވާދިނަސް އަށް ސީނިއަރ އެކްސިޑެންޓް އިންވެސްޓިގޭޓަރެއްގެ އިތުރުން އެއާ ނެވިގޭޝަނަށް ސީނިއަރ އެކްސިޑެންޓް އިންވެސްޓިގޭޓަރެކެވެ.

އެ މަގާމުތަކަށް ޝައުގުވެރިވާ ފަރާތްތަކަށް އެޕްލައި ކުރުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ 25 އާ ހަމައަށެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ އިއުލާންކުރި މަގާމުތަކަށް މުވައްޒަފުން ނެގުމަށް ހަމަޖެހިފައިވަނީ، ކޮންސަލްޓެންޓުންގެ ގޮތުގައި އަހަރުން އަހަރަށް ކޮންޓްރެކްޓް އާ ކުރާ ގޮތަށް ކަމަށެވެ.

މިކަމާ ބެހޭ އިތުރު މައުލޫމާތު މި ނަމްބަރުތަކުން 3037505، 3037507 ހޯދޭނެ އެެވެ.

ރާއްޖޭގެދަތުރުފަތުރުގެ އެކި ހާދިސާތައް ތަހުގީގުކުރަން ބޯޑެއް އުފެއްދީ މިދިޔަ މަހުގެ 9 ގަ އެވެ. އެ ބޯޑު ގާއިމުކުރީ، ރާއްޖޭގެ ދަތުރުފަތުރުގެ ދާއިރާގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ހަރުދަނާކުރުމަށްޓަކައި ރާއްޖޭގެ އެއްގަމާއި، ކަނޑާއި މަދަނީ ވައިގެ ދަތުރުފަތުރުގެ ދާއިރާގައި ދިމާވާ އެކިއެކި ހާދިސާތަކާއި އެކްސިޑެންޓްތައް ތަހުގީގު ކުރުމަށް ސަރުކާރުގެ ވަކި އިދާރާއެއް ހުރުމަކީ ކޮންމެހެން ބޭނުންތެރިކަމެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފެނިވަޑައިގަންނަވާތީ އެވެ.