Last Updated: May 14, 20:54
Wednesday, May 14, 2025
ޚަބަރު

'ޗާލު މާލެ' އެމްބެސެޑަރަކަށް ޓޫ އޮފް އަސް

މާލެ ސިޓީ ކައުންސިލުން ހިންގާ "ޗާލު މާލެ" ކެމްޕޭނުގެ އެމްބެސެޑަރަކަށް ރާއްޖޭގެ މިއުޒިކް ބޭންޑެއް ކަމަށްވާ "ޓޫ އޮފް އަސް" ބޭންޑު ހަމަޖައްސައިފި އެވެ.

އެ ބޭންޑަކީ ދާދި ފަހުން އިންޑިއާގައި ބޭއްވި "ބެޓްލް އޮފް ބޭންޑްސް، އިންޓަނޭޝަލް" ގައި ވާދަކޮށް ތިން ވަނަ ހޯދި ބޭންޑެވެ. އެ މުބާރާާތުން "ޓޫ އޮފް އަސް" ތިން ވަނަ ހޯދީ 12 ގައުމަކާ ވާދަކޮށެވެ.

މާލެ ސާފުތާހިރު ހިތްގައިމު ތަނަކަށް ހެދުމަށް ކުރިއަށް ގެންދާ "ޗާލު މާލެ" ކެމްޕޭނުގެ އެމްބެސެޑަރަކަށް "ޓޫ އޮފް އަސް" ހަމަޖެއްސީ މިއަދު ބޭއްވިކައުންސިލުގެ ބައްދަލުވުމުގަ އެވެ.

އެ ކެމްޕޭނުގެ އެމްބަސެޑަރަކަށް ބޭންޑް ހަމަޖެއްސި ނަމަވެސް، ބޭންޑަށް އެއްވެސް ފައިސާއެއް ދޭން ހަމަޖެހިފައި ނުވާ ކަމަށް މޭޔަރު، އާދަމް އާޒިމް ވިދާޅުވި އެވެ.

"ޗާލު މާލެ" ކެމްޕޭނުގެ އެމްބެސެޑަރަކަށް "ޓޫ އޮފް އަސް" ހަމަޖެއްސި އިރު، އެ ބޭންޑްގެ ވަރަށް ހާއްސަ ޝޯއެއް މި މަހުގެ 23 ވަނަ ދުވަހުގެ އޮލިމްޕަހުގައި ބާއްވަން އަންނަނީ ތައްޔާރުވަމުންނެވެ. އެ ބޭންޑަކީ ފަސް މެންބަރުންގެ ބޭންޑެކެވެ. އޭގެ ތެރޭގައި ހިމެނެނީ ލީޑް ވޯކަލިސްޓް އަދި ގިޓަރިސްޓެއްގެ ގޮތުގައި އަހުމަދު އަދުހަމާއި ޑްރަމަރު އަބްދުﷲ ޝަމްރޫހާއި ވޯކަލިސްޓް އަދި ގިޓަރިސްޓް މުހައްމަދު ނަސޫހު ބިން ނަސްރުއްދީނުގެ އިތުރުން ލީޑް ގިޓަރިސްޓް އަހުމަދު ޝަހީދު (ޝަހީދު ލެގަސީ) ގެ އިތުރުން ވޯކަލިސްް އަދި ބަސިސްޓް އަހުމަދު ޖަޝީމެވެ.