ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލު ނުކުރާ ޖީލެއް ނުވަތަ ޖެނެރޭޝަނަލް ބޭން އެއް ކަނޑައެޅުމުން ދުނިޔޭގެ ޞިއްހަތު ޖަމިއްޔާއިން އެކަމަށް މަރުހަބާ ކިޔައިފި އެވެ.
'ޖެނަރޭޝަނަލް ބޭން'ގެ ދަށުން 2007 ވަނަ އަހަރުން ފެށިގެން އުފަންވާ ކުދިންނަށް ދުންފަތް މަނާކުރަން ކެބިނެޓުން ނިންމި ނިންމުން ފާސްކުރުމަށް ރައްޔިތުންގެ މަޖިލީހުން އިއްޔެ ވަނީ ފާސްކޮށްފައެވެ.
އެގޮތަށް މަޖިލީހުން ފާސްކުރީ 63 މެންބަރުންގެ ވޯޓާއެކު އެވެ.
ޑަބްލިއުއެޗްއޯ އިން ބުނީ ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރުމަށް ފާސްކުރުމަށް ނިންމި ނިންމުމަކީ ދުންފަތް ކޮންޓްރޯލް ކުރުމުގެ މަސައްކަތުގައި ލިބުނު މުހިންމު ކުރިއެރުމެއް ކަމަށެވެ. އަދި މިއީ މުސްތަގުބަލުގައި ދުޅަހެޔޮ، ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުޅަހެޔޮ ޖީލެއް އުފެއްދުމަށް ދުނިޔޭގެ ޞިއްހަތު ޖަމިއްޔާގެ ދެކުނު އިރުމަތީ އޭޝިޔާގެ ސަރަހައްދުގައި މިފަދަ ފިޔަވަޅެއް އެޅި ފުރަތަމަ ޤައުމުކަން ވެސް ފާހަގަކޮށްފައިވެ އެވެ.
މަޖިލީހުން ފާސްކުރި ބިލަށް އަމަލު ކުރަން ފަށަން ނިންމާފައި ވަނީ މި އަހަރުގެ ނޮވެމްބަރު 1 އިން ފެށިިގެންނެވެ. އެހެންވެ އެ މި އަހަރުގެ ނޮވެމްބަރު 1 އިން ފެށިގެން އުމުރުން 18 އަހަރުން ދަށުގެ މީހުންނަށް ދުންފަތް ވިއްކުން މަނާވާނެ އެވެ.
ސަރުކާރުން ވަނީ ވޭޕް މަނާކޮށް، ސިނގިރެޓްގެ ޑިއުޓީ ވެސް ބޮޑުކޮށްފަ އެވެ.