Last Updated: May 15, 13:56
Thursday, May 15, 2025
ޚަބަރު

އެކްސިޑެންޓްތައް ގިނަވާތީ އިހުސާނާ ސުވާލު ކުރަނީ

ސިނަމާލޭ ބްރިޖުގައި އެކްސިޑެންޓުތައް ގިނަވާތީ ހޯމް މިނިސްޓަރު އަލީ އިހުސާންއާ ރައްޔިތުންގެ މަޖިލީހުގައި ސުވާލު ކުރަން ހުށަހަޅައިފި އެވެ.

މިނިސްޓަރާ ސުވާލު ކުރަން ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ.

ރާއްޖޭގައި އެންމެ ގިނަ ޓްރެފިކް މައްސަލަތަކުގެ ތެރޭގައި ހިމެނެނީ އެކްސިޑެންޓްތަކެވެ. ހާއްސަކޮށް ބާރު ސްޕީޑްގައި ދުއްވައިގެން ހިނގާ ނުރައްކާތެރި އެކްސިޑެންޓްތައް ދަނީ އިންތިހާ އަށް އިތުރުވަމުންނެވެ. އެފަދަ އެކްސިޑެންޓްތަކުގައި މީސްމީހުންގެ ފުރާނަ ވެސް ގެއްލިފައިވެ އެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މާލެ ސަރަހައްދުގައި އެކްސިޑެންޓްތަކުގައި މާ ބޮޑަށް އިތުރުވާން ފެށި ބްރިޖް ހުޅުވި ފަހުންނެވެ.