Last Updated: June 8, 15:03
Monday, June 8, 2026
ޚަބަރު

ފޯނު ބަލަމުން ދުއްވި މީހަކު ޖޫރިމަނާކޮށްފި

ސިނަމާލެ ބްރިޖް ހައިވޭގައި ސައިކަލް ދުއްވި އިރު ފޯނުން ވީޑިއޯއެއް ބަލަމުން ދުއްވި މައްސަލައެއްގައި މީހަކު ޖޫރިމަނާކޮށް މަސް ދުވަހަށް ސައިކަލް ޓޯ ވެސް ކޮށްފި އެވެ.

ފޯނުން ބަލަމުންދާ ދުއްވާ މަންޒަރު ފެންނަ ވީޑިއޯއެއް އިއްޔެ ސޯޝަލް މީޑިއާގައި އާންމުވެ، އެކަން ފުލުހުންގެ ސަމާލު ކަމެއް އައުމާ ގުޅިގެން ޓްރެފިކް އިންވެސްޓިގޭޝަނުން އެ މައްސަލަ ބެލުމަށް ފަހު ސައިކަލް ދުއްވި މީހާ ޖޫރިމަނާކުރީ 2،000ރ. އިންނެވެ. އަދި އޭނަގެ ލައިސަންސް ވެސް ވަނީ ހިފަހައްޓައިފަ އެވެ.

ފުލުހުން ބުނީ ތިމާ އާއި މަގު ބޭނުންކުރާ ހުރިހާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، ޓްރެފިކް ގަވާއިދުތަކަށް ފުރިހަމައަށް ހުރުމަތްތެރިކޮށް ހިތުމަކީ ކޮންމެ ފަރުދެއްގެވެސް ޒިންމާއެއް ކަމަށެވެ.