Last Updated: June 8, 09:28
Monday, June 8, 2026
ޚަބަރު

އާއިލާތައް ބަހަދިވުމުން ކުރިމަގު އުޖާލާ ވާނެ

ބަދަހި އާއިލާތަކުގެ ސަބަބުން ގައުމުގެ ގައުމުގެ ކުރިމަގު އުޖާލާވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރާ ބައިނަލްއަގުވާމީ އާއިލާތަކުގެ ދުވަހާ ގުޅިގެން ދިވެހި ޢާއިލާތައް ބަދަހިވެ، ފުދުންތެރިވެ، ދިރިއުޅުމުގެ ފަސޭހަތައް އިތުރުވީ ވަރަކަށް ގައުމުގެ ކުރިއެރުން ހަލުވިވެ، ކުރިމަގު އުޖާލާ ވެސް ވެގެން ދާނެ ކަމަށެވެ.

ރައީސް ވަނީ ދިވެހި ކޮންމެ ޢާއިލާއަކަށް ފަހިކަމާއި ފާގަތިކަމަށް ވެސް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވެފަ އެވެ.

"އިސްލާމް ދީނުގައި އެންމެ ބޮޑު އަހަންމިއްޔަތުކަމެއް ދީފައިވަނީ ޢާއިލީ ގުޅުންތައް ހަރުދަނާ ކުރުމަށް. ކޮންމެ ޢާއިލާއަކަށް ފާގަތި ދުވަސްތަކެއް ހޯދައި ދިނުމުގައި މާތް ﷲ ނަޞްރާއި ކާމިޔާބީ މިންވަރުކުރައްވާށި." ރައީސް ވިދާޅުވި އެވެ.