ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީންގެ މައްޗަށް އެމްޑީޕީގެ މަޖިލިސް މެންބަރުން ހުށަހެޅުއްވި އިތުބާރުނެތްކަމުގެ މައްސަލަ މިއަދަށް އެޖެންޑާކޮށްފި އެވެ.
މަޖިލީހުގެ ޖަލްސާ ބާއްވަން މިއަދު ނިންމާފައި އޮތީ މެންދުރު ފަހު 1:30 އެވެ. އެ ގަޑިއަށް ޖަލްސާ ބާއްވަން ނިންމައި މެންބަރުންނަށް އެޖެންޑާ ފޮނުވައި ވަނީ މެންދަމު އެވެ.
އާންމުކޮށް މަޖިލީހުގެ ޖަލްސާތައް ފަށަނީ ހެނދުނު 9:00 ގަ އެވެ.
މިއަދު ބާއްވާ ޖަލްސާ އަކީ މި އަހަރުގެ ފުރަތަމަ ދައުރުގެ އެންމެ ފަހު ޖަލްސާ އެވެ.
އެ ޖަލްސާ އަށް އަމީންގެ އިތުބާރު ނެތް މައްސަލަ އެޖެންޑާކުރި އިރު، އެ މައްސަލަ އެމްޑީޕީގެ 12 މެންބަރުން ސޮއިކޮށް ހުށަހެޅުއްވީ މިދިޔަ މަހުގެ 18 ވަނަ ދުވަހު ފުރާޅެއް މައްޗަށް ވެއްޓިފައި އޮއްވައި ފެނުނު 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދުގެ މައްސަލައިގައެވެ.
އެމްޑީޕީގެ ފާލިމަންޓަރީ ގްރޫޕުން ބުނީ އަމީންގެ އިތުބާރު ނެތް ކަމަށް ހުށަހެޅީ ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން އަމަލުކުރި ގޮތުން ކަމަށެވެ.