Last Updated: May 15, 17:22
Thursday, May 15, 2025
ޚަބަރު

ބަންކަރިންގެ އާމްދަނީ 7.4 މިލިއަން ޑޮލަރަށް އަރާ

މިދިޔަ އަހަރު ފެށި ބަންކަރިން ހިދުމަތުން މިދިޔަ ފެބުރުއަރީ މަހުގެ ނިއަލަށް 7.4 މިލިއަން ޑޮލަރު ލިބިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ވެރިކަން ކުރާ ޕާޓީ، ޕީއެންސީން ރޭ ބޭއްވި ހަރުގެ ޖަލްސާފައި އޭނަ ވިދާޅުވީ ސަރުކާރަށް ފާޑުކިޔާ ފަރާތްތަކުން އަބަދުވެސް ސަރުކާރުގެ އެކި މަސައްކަތްތަކާ މެދު ސުވާލު އުފައްދަމުން އަންނަ ކަމަށެވެ. އޭގެ ތެރެއިން އެއް ކަމަކީ ބަންކަރިންކަމަށް ވިދާޅުވެ މިނިސްޓަރު ވަނީ ފަސް މަސް ދުވަހުގެ ތެރޭގައި ބަންކަރިން އިން ބޮޑު އާމްދަނީއެއް ހޯދާ އެކަން ކާމިޔާބުކޮށްފައިވާ ކަމަށް ވިދާޅުވެފަ އެވެ.

"ފަސް މަހާއި ދުވަސްކޮޅެއް މިވީ. އެހެންވީމަ ކުޑައެއް ނޫންތޯ ލިބުނު ވަރު،" ތުރާކުނަށް އުފަން ސައީދު ވިދާޅުވި އެވެ. "ކުޑައެއް ނޫނޭ މި ދެންނެވީ ވީއެލްއެސްއެފްއޯ، ނުވަތަ ލޯ ސަލްފަ އޮއިލް ދިވެހިރާއްޖެއަށް މުޅިން އަލަށް؛ މީގެ ކުރިން ދުވަހަކު ވެސް ގެނައި އެއްޗެއް ނޫން،" ސައީދު ވިދާޅުވި އެވެ. "މުޅިން އަލަށް ގެނެސް މިދެންނެވި 7.4 މިލިއަން ޑޮލަރުގެ ނުވަދިހަ ފަސް ޕަސަންޓަކީ ވީއެލްއެސްއެފްއޯ ބަންކާކޮށްގެން ހޯދި ފައިސާ."

އޭނަ ވިދާޅުވީ ބަންކަރިންގެ ޓްރެފިކް މިހާރު އިތުރުވަމުން އަންނަ ކަމަށެވެ.

އެސްޓީއޯ އާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް) ގުޅިގެން އިހަވަންދިއްޕޮޅުގައި ބަންކަރިންގެ ހިދުމަތް ފެށީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުގަ އެވެ.

ސައީދު ކުރިން ވިދާޅުވެފައިވާ ގޮތުގައި ބަންކަރިންގެ ހޖުމަތުގެ ފުރަތަމަ އަހަރު އެ ހިދުމަތުން އާމްދަނީގެ ގޮތުގައި 400 މިލިއަން ޑޮލަރު ލިބޭނެ ކަމަށެވެ.