Last Updated: May 15, 13:56
Thursday, May 15, 2025
ޚަބަރު

ނުކުޅެދުންތެރިންނަށް މިދިޔަ މަހު 50.2 މިލިޔަން ރުފިޔާ

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މިދިޔަމަހު 50.2 މިލިޔަން ރުފިޔާގެ މާލީ އެހީތެރިކަން ފޯރުކޮށް ދީފައިވާ ކަމަށް އެންސްޕާ އިން ބުނެފި އެވެ.

އެތަނުން އިއްޔެ އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މަހު 14,024 މީހަކަށް މާލީ އިނާޔަތުގެ ގޮތުގައި 50.2 މިލިޔަން ރުފިޔާ ދޫކޮށްފައިވެ އެވެ.

އެންސްޕާގެ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި މިހާރު ޖުމްލަ 14,188 މީހުން ހިމެނެ އެވެ. އޭގެ ތެރޭގައި 18 އަހަރުން ދަށުގެ 4,700 ކުދިން ހިމެނެ އެވެ. އަދި މިދިޔަ މަހު އަލަށް 103 މީހަކު ދަފުތަރުވެފައިވެ އެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެލަވަންސެއް ދޭން ފެށީ 2011 އިން ފެށިގެންނެވެ. އަދި 2023 އިން ފެށިގެން އެލަވަންސަށް ދެމުން އަންނަނީ 3,000ރ. އެވެ.

ސަރުކާރުން މިހާރު އަންނަނީ "ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގައުމީ ދަފޔުތަރު" އެއް އެކުލަވައިލުމުގެ މަސައްކަތް ކުރަމުންނެވެ.