މާލޭގެ އުސް އިމާރާތެއްގެ މަތިން ފުރާޅެއްގެ މައްޗަށް ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ރައުދު އަހުމަދު ޒިލާލްގެ ބަންދަށް އިތުރު 20 ދުވަސް ކްރިމިނަލް ކޯޓުން ޖަހައިފި އެވެ.
މިއީ އޭނަގެ ބަންދުގެ މުއްދަތު އިތުރުކުރި ހަތަރު ވަނަ ފަހަރެވެ. ރައުދު، 21، ގެ ބަންދަށް އެންމެ ފުރަތަމަ ޖެހީ ފަސް ދުވަހެވެ. އަދި ދެވަނަ ފަހަރު 10 ދުވަހަށް ބަންދުކުރި އިރު އެންމެ ފަހުން ދީފައި އޮތީ ފަސް ދުވަހު މުއްދަތު މިއަދު ހަމަލާވާދީ ބަންދާ މެދު ގޮތެއް ނިންމަން ހާޒިރު ކުރުމުން ޖެހީ 20 ދުވަހެވެ.
ޔުމްނު، 21 ހ. ފެންޓެނޯއީގެއިން ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް ވެއްޓުނީ މިދިޔަ މަހުގެ 18 ވަނަ ދުވަހުގ އެވެ.
އެ ހާދިސާ އަށް ހަ ދުވަސް ރައުދު ހައްޔަރުކުރީ މިދިޔަ މަހުގެ 24 ގަ އެވެ. ފުލުހުން ވަނީ ޔުމްނު ވެއްޓުމުގައި އޭނަގެ ބައިވެރިވުން އޮތް ކަމަށް ބެލެވޭ ކަމަށް ތުހުމަތު ކުރުުމުގެ އިތުރުން އެ ހާދިސާ ހިނގި ވަގުތު ރައުދު މަސްތުގެ ހާލަތުގައި ހުރުމާއި ޖިންސީ ބޭނުންހިފުމުގެ ކުށަށް އަރައިގަތުމުގެ ތުހުމަތު ވެސް ކޮށްފައިވެ އެވެ.
ޔުމްނު ވެއްޓުނު ހާދިސާ ފުލުހުންގެ އިތުރުން އެ މައްސަލަ ބަލަން ރައީސް ޑރ. މުހައްމަދު އުފެއްދެވި ކޮމިޝަނުން ވެސް އަންނަނީ ތަހުގީގު ކުރަމުންނެވެ.