އާޓިފިޝަލް އިންޓެލިންސް (އޭއައި) އަށް ބަރޯސާވުން އިތުރު ކުރަމުންދާތީ ދުނިޔޭގެ އެންމެ ނުފޫޒު ގަދަ ކުންފުނިތަކުގެ ތެރޭގައި ހިމެނޭ އެމެރިކާގެ ޓެކް ކުންފުނި، މައިކްސޮފްޓުން 7،000 މުވައްޒަފުން ވަކިކުރަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ސީއެންބީސީން ބުނެފައިވާ ގޮތުގައި ގިނަ އަދަދެއްގެ މުވައްޒަފުން ދޫކޮށްލާ އިރު، އޭގެ ތެރޭގައި އެކި ލެވެލްތަކުގެ އަދި އެކި ގައުމުތަކުގައި މަސައްކަތްކުރާ މުވައްޒަފުން ހިމެނޭ އެވެ. މައިކްރޮސޮފްޓުން 7،000 މުވައްޒަފުން މަދުކުރުމުގެ މާނަ އަކީ ކުންފުނީގެ ވޯކްފޯކްގެ ތިން ޕަސެންޓް ދޫކޮށްލުމެވެ.
މިއާ އެކު މުވައްޒަފުންނަށް ކުރަން ޖެހޭ ހޭދަތައް އެތައް ބިލިއަން ޑޮލަރަކުން ސަލާމަތް ކުރެވި، އޭއައިއޭ އަށް ކުރާ ހޭދަ އިތުރުވާނެ ކަމަށް ބުނެފައިވެ އެވެ.
މިއީ މިހާތަނަށް މައިކްރޮސޮފްޓުން މިހާ ގިނަ އަދަދެއްގެ މުވައްޒަފުން ދޫކޮށްލަން ނިންމި ފުރަތަމަ ފަހަރެވެ. އެ ކުންފުނިން މީގެ ކުރިން އެންމެ ގިނަ މުވައްޒަފުން ދޫކޮށްލީ 2023 ގަ އެވެ. ހަރަދުތައް ކުޑަކުރަން އަޅަން ފެށި ފިޔަވަޅުތަކުގެ ދަށުން އެ އަހަރު 1،000 މުވައްޒަފުން ދޫކޮށްލި އެވެ.
މީގެ 50 އަހަރު ކުރިން ވުޖޫދަށް އައި މައިކްރޮސޮފްޓްގެ މުވައްޒަފުންގެ އަދަދު 228،000 އަށް އަރަ އެވެ. މީގެ ތެރެއިން 126،000 އަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރަނީ އެމެރިކާގަ އެވެ..
ގިނަ އަދަދެއްގެ މުވައްޒަފުން ދޫކޮށްލުމާ ގުޅޭ ގޮތުން ރަސްމީކޮށް އަދި މައިކްރޮސޮފްޓުން ވަކި އެއްޗެއް ނުބުނެ އެވެ.