Last Updated: May 15, 23:23
Thursday, May 15, 2025
ޚަބަރު

އަސްކޮއި އަށް 130،000ރ. ގެ ޖޫރިމަނާއެއް

މީހުން އުމްރާއަށް ބަޔަކު ގެންދަން ފައިސާ ނެގުމަށް އުމްރާ އަށް ގެންގޮސްފައި ނުވާތީ އެ މައްސަލަ ބެލުމަށް ފަހު އަސްކޮއި ޓްރެވަލް ސާވިސް ޕްރައިވެޓް ލިމިޓެޑް 130،000ރ. އިން ޖޫރިމަނާކޮށްފި އެވެ.

އެ ގްރޫޕްގެ އެ މައްސަލަ ފެންމަތިވީ މިދިޔަ މާޗް މަހުގެ ތެރޭގަ އެވެ.

އެގޮތުން ރޯދަ މަހު އުމްރާއަށް ދާން ފައިސާ ދެއްކި ބަޔަކަށް ނުފުރިފައިވާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ ޕޯސްޓެއްގައި، އަސްކޮއި ގުރޫޕުން ބައެއްގެ އަތުން ފައިސާ ނެގުމަށްފަހު އެތައް ދުވަހަކު އެ މީހުން އޮޅުވާލުމެއްގެ ތެރޭގައި ބައިތިއްބާފައިވާ ކަމަށް ބުނެފައިވެ އެވެ.

އަދި ދިމާވި މައްސަލައެއްގެ ސަބަބުން ފައިސާ ދައްކައިފައިވާ އުމްރާ ދަތުރު ކުރެވެން ނެތް ކަމަށް މިދިޔަ ރޯދަ މަހުގެ ހަވަނަ ދުވަހުގެ ރޭ ބުނެފައިވާ ކަމަށް ވެސް އެ ޕޯސްޓުގައި ބުނެފައިވެ އެވެ. އަދި ފައިސާ އަނބުރާ ދެވޭނީ މިދިޔަ މަހުގެ 15 ގައި ކަމަށާއި އުމްރާއަށް ދިއުމަށް ދައްކާފައިވާ 252،000ރ. ރުފިޔާ އަނބުރާ ދީފައި ނުވާކަމަށް ވެސް ބުނެފައިވެ އެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ އެ މައްސަލައިގައި އަސްކޮއި އެ 130،000 ރުފިޔާއިން ޖޫރިމަނާކޮށް މަސް ދުވަހުގެ ތެރޭގައިފައިސާ ދެއްކުމަށް އަންގާފައިވ ކަމަށެވެ. އަދި ރޯދަ މަހުގެ އުމްރާއަށް ގެންދިއުމަށް ކުރިއާލައި ފައިސާ ދެއްކި މީހުންނަށް މީހުންނަށް ރިފަންޑު ދިނުމަށް ވެސް އަންގާފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ނުވަ މީހެކެވެ.