Last Updated: May 16, 14:48
Friday, May 16, 2025
ދީން

ޓެކްސީ ޑްރައިވަރަކު ކިޔައި ދިނެވެ!

ތިމަންނާ އަށް މިންވަރު ކުރައްވައިފައިވާ ރިޒުޤު ހޯދުމަށް ޓެކްސީގައި މަގުތަކުގައި ދުއްވަމުން ދަނިކޮށް، ޢުމުރުން ދުވަސްވެ މުސކުޅިވެފައިވާ އަންހެނަކު ތިމަންގެ ކާރު ހުއްޓުވި އެވެ. އޭނަ އިނީ ދުވާރު މަތީގައި އިށީނދެގެންނެވެ. އަންހެން މީހާ ތިމަންނާއާ މުޚާޠަބުކޮށް ބުންޏެވެ. ތިމަންގެ ދަރިފުޅުގެ ގެޔަށް ގެންގޮސްދީ ބަލާށެވެ. އޭނަ ނުފެންނަތާ ވަރަށް ގިނަ ދުވަސްވެއްޖެ އެވެ.

އޭނަ އަށް ދެރަކަމެއް މެދުވެރިވެދާނެތީ ބިރުގަނެ އެވެ. އަންހެން މީހާ އެދުމުގެ މަތިން އޭނާގެ ދަރިފުޅުގެ ނަން އޮޅުން ފިލުވައިގެން އެގެޔަށް ވަރަށް އުނދަގުލުން ދިޔައީމެވެ. އަންހެން މީހާ އަހަރެންގެ ކިބައިން އެ ގޭގެ ދޮރުގައި ޖަކި ޖެހުމަށް އެދުނެވެ. ދޮރުގައި ޓަކި ޖެހީމެވެ. ޓަކި ޖެހުމުން ގޭގެ ދޮރު ހުޅުވައިފައި ނުކުތީ އެ އަންހެންމީހާގެ ދަރިފުޅެވެ.

މަންމަ ފެނުމުން ދަރިފުޅު ބުންޏެވެ. މަންމަ މިގެއަށް ތިޔައައީ ކީއްކުރަން ހެއްޔެވެ! މިހާރުވެސް އަހަރެމެން މިތިބި ނުލާހިކު ދަތިކޮށެވެ. ކުޑަކުޑަ ފްލެޓެކެވެ. އަދި އެ މަންމަ ގޮވައިގެން އޭނާގެ ދެވަނަ ދަރިފުޅުގެ ގެޔަށް ދިނުމަށް ބުންޏެވެ! އަންހެން މީހާ ގޮވައިގެން އޭނާގެ ދެވަނަ ދަރިފުޅުގެ ގެޔަށް ގޮސް އެގޭ ދޮރުގައި ޓަކި ޖެހީމެވެ. ގޭތެރެއިން ނުކުތީ އަންހެން މީހާގެ ދަރިފުޅާއި އޭނާގެ އަންހެނުންނެވެ. އަންހެނުންނަށް ބަލަހައްޓައިގެން ހުރެ ވާހަކަ ދައްކަމުން އެ ފިރިހެން ކުއްޖާ ބުންޏެވެ. މަންމަ އަކީ ގަޔަށް ހީސްލެވޭ މީހެކެވެ. އެހެންކަމުން އަހަރެމެންނަކަށް މަންމަގެ ކަންތައްތަކެއް ނުކޮށްދެވޭނެ އެވެ.

ދަރިފުޅު އެހެން ބުނުމުން އެމަންމަގެ ލޮލުން ކަރުނަ އޮހޮރެން ފެއްޓިއެވެ. އަދި އަހަރެންނާ މުޚާޠަބުކޮށް ބުންޏެވެ. އަހަރެން ޤަބުރުސްތާނަށް ގެންގޮސްދޭށެވެ! އެ އައަންހެން މީހާ އެދުނު ފަދައިން އޭނާ ގޮވައިގެން އަހަރެން ޤަބުރުސްތާނަށް ދިޔައީމެވެ. އޭނަގެ ފިރިމީހާގެ މަޤްބާރާގެ ކައިރީގައި އިށީނެވެ. ރޮމުން އަންހެން މިހާ ބުންޏެވެ! ތިބާ އަހަރެންނާ ވަކިވެގެން ދިޔަ ފަހުން ހިތްހަމަޖެހުމުގެ އެއްވެސް ރާޙަތެއް ނުލިބެ އެވެ.

ތިބާގެ ކައިރިޔަށް ގެންދަވާތޯ އެކަލާނގެ ޙަޟްރަތުގައި ދުޢާ ދަންނަވާއި ދޭށެވެ!

ޑްރައިވަރު އޭނާގެ ވާހަކަ ނިންމާލަމުން ބުންޏެވެ. ބައެއް މައިންނަށް އެ މީހުން މަރުވެ މި ދުނިޔެއިން ވަކިވެ ރަޙީމު ވަންތަ ރަސްލާނގެ ޙަޟްރަތަށް ދިއުން، ދަރިން ކައިރިޔަށް ދިއުމަށް ވުރެ ލޮބުވެތިކަން ބޮޑުވެދެ އެވެ.

ޢިބުރަތް: ދަންނާށެވެ. އެ މީހާއާ މުޢާމަލާތު ކުރެވޭނީ، އެ މީހާ އެހެން މީހުންނާ މުޢާމަލާތު ކުރާ ގޮތަކަށެވެ. (قصة من اروع القصص)

ނޯޓް: މިއީ ޝައިހް މޫސާ އަންވަރު ހަސަންގެ ލިޔުމެކެވެ.