މޭބިސް ކަދުރަކީ އަހެރެމެންގެ ތެރޭގައި މަޤްބޫލް މޭވާއެކެވެ. މި ބާވަތް ރާއްޖޭގެ ދަނޑުތަކުގައި ނުހެއްދި ނަމަވެސް މިއީ ދިވެހިންގެ ބާޒާރުގައި ގިނަ ބާވަކެވެ. މޭބިސް ކަދުރު ރާއްޖޭގެ ދަނޑުތަކުގައި ނުހެއްދި ނަމަވެސް މިހާރަކަށް އައިސް ބައެއް ގޯތިތެރޭގައި އިންދައި ހައްދަ އެވެ. މިއީ ހަށިގަނޑަށް ނުހަނު ފައިދާ ބޮޑު މޭވާއެކެވެ.
ތަފާތު އެކި ހޯދުންތަކުން ދައްކާގޮތުން މޭބިސް ކަދުރުގެ ގިނަ ވައްތަރުތަކެއް ދުނިޔޭގައި ހުރެ އެވެ. އެހެންނަ މަވެސް އާންމުކޮށް ފެންނަނީ 17 ވައްތަރެއްގެ މޭބިސްކަދުރެވެ.
ޢިލްމީ ދިރާސާތަކުން ދައްކާ ގޮތުން މޭބިސް ކަދުރުން ގައިންގަޔަށް ނާރާ ބަލިތަކުން ރައްކާތެރިވުމަށް އެހީވެދެ އެވެ. އޭގެ ތެރޭގައި ކެންސަރު ބަލި، ހިތުގެ ބަލީގެ އިތުރުން ލޭމައްޗަށް ދިއުމާއި، ބަނޑުހިކުން ފަދަ ކަންކަންމުން ރައްކާތެރިވުމަށް އެހީވެދެ އެވެ. މީގެ އިތުރުން ނިއުޓްރިޝަން ގިނަ އަދަދަކަށް މީގައި ހިމެނިފައިވާތީ ހަށިގަނޑުގައި އުފެދޭ ހަކަތައިގެ މިންވަރު އިތުރުކޮށްދެ އެވެ. އަދި މޫޑް ރަނގަޅުކޮށްދީ ލޭގައި އުފެދޭ ވިހަމާދާތައް ދުރުކޮށްދެ އެވެ.
މޭބިސް ކަދުރުގައި ގިނަ އަދަދަކަށް ވިޓަމިން ސީ ހިމެނިފައިވުމުން ހަށިގަނޑަށް ކުރިމަތިވާ ތަފާތު އިންފެކްޝަންތަކުން ދުރުކޮށްދޭ ކަމަށް ދައްކަ އެވެ.
މައުލޫމާތު: ދަނޑުވެރިކަމާ ބެހޭ މިނިސްޓްރީ