Last Updated: May 15, 23:23
Thursday, May 15, 2025
ޚަބަރު

ކަރޯކޭ ސިސްޓަމެއް ވަގަށް ނެގި ބަޔަކު ހޯދަނީ

ހުޅުމާލޭގެ އެޕާޓްމަންޓަކުން ކަރޯކޭ ސިސްޓަމަކާއި އިތުރު އެއްޗެހިތަކެއް ވަގަށް ނެގި ބަޔަކު ހޯދަން ފުލުހުން އާންމުންގެ އެހީ އަށް އެދިއްޖެ އެވެ.

ވައްކަންކުރި ދެ މީހުން ފެންނަ ވީޑިއޯއެެއް ހިއްސާކޮށް ފުލުހުން މިއަދު ބުނީ ވައްކަންކޮށްފައި ވަނީ ހުޅުމާލެ 2 ގައި ހުންނަ އެމްޕީއެލްގެ ޓަވަރުގެ އެޕާޓްމަންޓަކުން ކަމަށެވެ.

ފުލުހުން ބުނީ އެ ދެ މީހުން ހޯދަން އާންމުންގެ އެހީ އަށް އެދުނީ ކޮން ބައެއްކަން ދެނެގަނެވިފައި ނުވާތީ ކަމަށެވެ.

އެހެންވެ ވީޑިއޯ އިން ފެންނަ މީހުންނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ބަޔަކު ތިބި އެމަޢުލޫމާތެއް ހުޅުމާލެ ފޭސް 2 ޕޮލިސްގެ ނަންބަރު 9393351 އަށް ގުޅައި ހިއްސާކޮށް ދޭން އެދިފައިވެ އެވެ.