ކެންސަރު ބައްޔަށް ބޭނުން ކުރާ ބޭހެއްގެ ފޭކު ބޭސްތަކެއް ދައުރަވަމުންދާތީ ދުނިޔޭގެ ސިއްހަތު ޖަމިއްޖާ(ޑަބްލިއެޗްއޯ) އިން އެލާޓްކޮށްފި އެވެ.
ހެލްތު މިނިސްޓްރީން ބުނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން އެލާޓްކޮށްފައިވާ ބޭހުގެ އެއްވެސް ބެޗެއް، ބޭސް އިމްޕޯޓްކުރުމަށް ކަނޑައަޅާފައިވާ އެއްވެސް އުސޫލެއްގެ ދަށުން، ރާއްޖެ އިމްޕޯޓްކޮށްފައި ނުވާކަން ޔަގީންކުރެވިފައިވާ ކަމަށެވެ.
ޑަބްލިއުއެޗް އިން އެލާޓްކޮށްފައިވާ ބޭހަކީ ކެންސަރު ބައްޔަށް ބޭނުން ކުރާ ބޭހެއް ކަމަށްވާ IMFINZI (durvalumab) އިންޖެކްޝަން 500mg/10ml ފޯލްސިފައިޑް 3 ބެޗެވެ. މި ބޭހުގެ ބެޗްތައް އިރާން އާއި ތުރުކިޔޭ ގައި ދައުރު ވަމުންދާ ކަމަށް ޑަބްލިއުއެޗް އިން ވަނީ އެލާޓްކޮށްފަ އެވެ.
ނަމަވެސް ބޭސް ސިޓީއަށް އަމިއްލަ ބޭނުމަށް ބޭސް އެތެރެކުރާއިރު، މިބެޗްތަކާއި މެދު ސަމާލުވުމަށް އެމްއެފްޑީއޭއިން އިލްތިމާސްކުރެ އެވެ.