Last Updated: July 15, 17:55
Wednesday, July 15, 2026
ޚަބަރު

ހަނިމާދޫން ބެންގަލޫރަށް ދަތުރުތައް ފަށައިފި

މޯލްޑިވިއަނުން ހދ. ހަނިމާދޫން ބެންގަލޫރަށް ދަތުރުތައް މިރޭ ފަށައިފި އެވެ.

މޯލްޑިވިއަނުން ވަނީ ހަނިމާދޫއިން ބެންގަލޫރަށް ދަތުރުކުރި ފުރަތަމަ ފްލައިޓުގައި ދަތުރުކުރި ފުރަތަމަ ފަސިންޖަރުންނަށް ހޫނު މަރުހަބާއެއް ކިޔާފަ އެވެ. މިއީ އުތުރު ސަރަޙައްދުން ބައިނަލްއަގްވާމީ ކަނެކްޓިވިޓީ އިތުރުކުރުމަށް ކުރަމުންދާ މަސައްކަތަށް އެޅުނު މުހިއްމު ފިޔަވަޅެއް ކަމަށް މޯލްޑިވިއަނުން ބުނެ އެވެ.

ހަނިމާދޫން ބެންގަލޫރަށް ކޮންމެ ހަފުތާއެެއްގެ އާދީއްތަ އާއި ބުރާސްފަތީގައި ދަތުރުތައް ބާއްވާނެ ކަމަށް މޯލްޑިވިއަނުން ބުނެ އެވެ.

މޯލްޑިވިއަނުން މިހާރުވެސް އަންނަނީ އިންޑިއާގެ ތިރުވަނަންތަޕޫރަމާއި ހަނިމާދޫއާ ދެމެދު ދަތުރުތައް ވެސް ކުރަމުންނެވެ. އެ ދަތުރުތައް ފެށީ 2013 ގަ އެވެ.