Last Updated: May 16, 17:31
Friday, May 16, 2025
ޚަބަރު

ހައްޖު މިޝަންގެ މެމްބަރުން ސައުދީއަށް ފުރައިފި

މި އަހަރުގެ ޙައްޖު މިޝަންގެ މެންބަރުން ސައުދީ އަރަބިއްޔާ އަށް ފުރާވަޑައިގެންފި އެވެ.

ޙައްޖުގެ މަތިވެރި އަޅުކަމަށް ރާއްޖެއިން ފުރާ ޙާޖީންގެ ކަންކަން ބެލެހެއްޓުމަށް ސަރުކާރުގެ ފަރާތުން ހަރަކާތްތެރިވާނީ ޙައްޖު މިޝަންއިންނެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ދިވެހި ޙާޖީންނަށް ކަންކަން ފަސޭހަކޮށްދިނުމަށް ސަޢުދީގެ ކަމާއި ބެހޭ ފަރާތްތަކާއި ގުޅިގެން ގިނަ މަސައްކަތްތަކެއް މި މިޝަންއިން ކުރަމުންދާނެ ކަމަށެވެ.

ރާއްޖެއިން ޙައްޖަށްދާ ޙައްޖާޖީންގެ އިންތިޒާމްތައް ރަސްމީ ގޮތެއްގައި ބެލެހެއްޓުމުގެ ގޮތުން އެކުލަވާލާ ޙައްޖު މިޝަންގައި އެކި ދާއިރާތަކުގެ ބޭފުޅުން ހިމެނެ އެވެ. އޭގެ ތެރޭގައި އިސްލާމިކް މިނިސްޓްރީގެ ޙައްޖު ސެކްޝަންގެ ބޭފުޅުންނާއި، ޙައްޖު ކޯޕަރޭޝަން ތަމްސީލް ކުރައްވާ ބޭފުޅުންނާއި، ދީނީ ޢިލްމުވެރިން އަދި ޑޮކްޓަރަކާއި މިނިސްޓްރީގެ މީޑިއާގެ އިތުރުން ޕަބްލިކް ސާވިސް މީޑިއާއާއިގެ ބޭފުޅެއް މިޝަންގައި ހިމެނެ އެވެ.

މިއަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަމަށް ރާއްޖެއިން 1000 މީހުން ޙައްޖުގެ އަޅުކަމަށް ފުރާނެ އެވެ.