Last Updated: July 22, 18:06
Wednesday, July 22, 2026
ޚަބަރު

ކާރެއް ގަހެއްގައި ޖެހި އެކްސިޑެންޓް ވެއްޖެ

މާލޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ، ގަހެއްގައި ޖެހި އެކްސިޑެންޓް ވެއްޖެ އެވެ.

ފުލުހުން ބުނީ މާލޭގެ ލޮނުޒިޔާރަތް މަގުގައި ހުރި ގަހެއްގައި ކާރެއް ޖެހި އެކްސިޑެންޓް ވެފައިވާ މައްސަލަ މިއަދު ހެނދުނު 8:38 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

މި އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށާއި މި އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނީ އެކްސިޑެންޓަށް ފަހު ކާރު ޑްރައިވަރު ފިލާފައި ނުވާ ކަމަށާއި އެގޮތުން ކައިރި ހިސާބެއްގައި ކާރު ޕާކު ކުރުމަށްފަހު އޭނާ އަލުން އެ ސަރަހައްދަށް އައިސްފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން އަންނަނީ ބަލަމުންނެވެ.