Last Updated: May 18, 10:38
Sunday, May 18, 2025
ޚަބަރު

އެމްޑީޕީގެ ހަރަކާތްތައް ވަރުގަދަކުރަން ޕީޖީ ގްރޫޕް އައްޑުއަށް

ކުރިއަށް އޮތް އިންތިހާބުތަކަށް ތައްޔާރުވުމުގެ ގޮތުން އެމްޑީޕީގެ ހަރަކާތްތައް ވަރުގަދަކުރަން އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ބޭފުޅުން އައްޑޫ ސިޓީއަށް ވަޑައިގެންފި އެވެ.

އެމްޑީޕީން ބުނީ މިއީ ކުރިއަށް އޮތް އިންތިހާބުތަކަށް ތައްޔާރުވުމުގެ ގޮތުން ޕާޓީގެ ހަރަކާތްތައް އިތުރަށް ވަރުގަދަ ކުރުމަށް އައްޑޫގައި ތިބި ޕާޓީގެ މެންބަރުންނާ ބައްދަލުކުރުމަށް ކުރާ ދަތުރެއް ކަމަށެވެ.

އެގޮތުން އެމްޑީޕީގެ ޕީޖީ ގްރޫޕްގެ މެމްބަރުން މި މަހުގެ 19 ގެ ނިޔަލަށް އައްޑޫގައި ހަރަކާތްތެރިވާނެ ކަމަށް އެމްޑީޕީން ބުނެ އެވެ.

ކުރިއަށް އޮތް އިންތިހާބުތަކަށް އެމްޑީޕީ ވަރުގަދަ ކުރުމަށް ފަށާފައިވާ މަސައްކަތުގެ ދަށުން އަތޮޅު ތެރޭގައި ހަރަކާތްތައް އިތުރު ކުރަން އެމްޑީޕީން ކުރަމުންދާ ދަތުރުގެ ތެރެއިން އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ވެސް ދާދިފަހުން ވަނީ އައްޑު އަށް ދަތުރެއް ކުރައްވާފަ އެވެ.