ރާއްޖޭގެ ޝަރުއީ ދާއިރާއާ ގުޅިގެން ހުރި ކަންބޮޑުވުންތައް ޔޫރަޕިއަން އެކްސްޓާނަލް އެކްޝަން ސާވިސް (އީއީއޭއެސް)އާ އެމްޑީޕީން ހިއްސާކޮށްފި އެވެ.
އީއީއޭއެސްގެ ޑެޕިއުޓީ މޭނޭޖިން ޑިރެކްޓަރު ޕައޯލާ ޕަމްޕަލޮނީއާ އެކު ބޭއްވި ބައްދަލުވުމުގައި އެމްޑީޕީގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ އެ ޕާޓީގެ ރައީސް އަބްދުالله ޝާހިދު އާއި ކުރީގެ މަޖިލިސް މެންބަރު، ހުސެއިން ޝަމީމް އަދި ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު، މީކާއިލް އަހުމަދު ނަސީމެވެ.
އެމްޑީޕީން ބުނީ އެ ބައްދަލުވުމުގައި ޑިމޮކްރެސީގައި ރާއްޖެ ފަހަތަށް ސޮއްސައިލަމުންދާ ދިޔުމާ ގުޅޭގޮތުންނާއި އަދި ޝަރުއީ ދާއިރާއާ ގުޅޭ ކަންބޮޑުވުންތައް ހިއްސާ ކުރި ކަމަށެވެ.
MDP President @abdulla_shahid met with Deputy Managing Director of the Asia and Pacific Department of the European External Action Service, and briefed her on the democratic backsliding & worsening judicial crisis in the Maldives. pic.twitter.com/TmjQ7iTGIA
— MDP Secretariat (@MDPSecretariat) May 16, 2025
މި ކަންބޮޑުވުންތައް އެމްޑީޕީން އީއީއޭއެސްއާ ހިއްސާކޮށްފައިވާއިރު، ރައްޔިތުންގެ މަޖިލީހުން މިދިޔަ ބުދަ ދުވަހު ވަނީ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރު ފަނޑިޔާރުކަމުން ވަކިކުރަން ފާސްކޮށްފަ އެވެ.
ފަނޑިޔާރު އަޒްމިރާލްދާ އާއި ފަނޑިޔާރު މަހާޒް ވަކިކުރަން ޖޭއެސްސީން ނިންމީ މަސާޖު ޕާލާއަކުން ހައްޔަރުކުރި އަޒްމިރާލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފުގެ ބަންދާމެދު ގޮތެއް ނިންމަން ހާޒިރުކުރުމުން ފަނޑިޔާރުންތަކަކަށް ނުފޫޒު ފޯރުވިކަމަށް ބުނާ މައްސަލައަކާ ގުޅިގެންނެވެ.
ސުޕްރީީމް ކޯޓްގެ ފަނޑިޔާރުން ވަކިކޮށްފައި މިވަނީ އެކަމާ ވަރަށް ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށް، ޖުޑިޝަރީ އަށް ސަރުކާރުން ނުފޫޒު ފޯރުވަމުންދާ ކަމަށް ތުހުމަތު ކުރަމުން ދަނިކޮށެވެ.
މަހާޒާއި އަޒްމިރަލްދާ ވަކިކޮށްފައި މި ވަނީ ތުހުމަތުތަކަށް ޖަވާބުދާރީވާން ފުރުސަތަކަށް އެދިވަޑައިގަތުމުން، އެ ފުރުސަތު ވެސް ނުދީ އެވެ.