Last Updated: May 18, 10:15
Sunday, May 18, 2025
ޚަބަރު

ޓޫރިސްޓުންގެ އަދަދު 900،000 އިން މައްޗަށް

ރާއްޖެ އަށް މިހާތަނަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު 900،000 އިން މައްޗަށް އަރައިފި އެވެ.

ޓޫރޒިޒަމް މިނިސްޓްރީން އެންމެ އާންމުކުރި އެންމެ ފަހުގެ ޓޫރިސްޓް އެރައިލަވްސްގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި މަހުގެ 14 އާ ހަމައަށް ރާއްޖެ އަށް 901،210 ޓޫރިސްޓުން އައިސްފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާ އިރު، 8.1 ޕަސެންޓްގެ ކުރިއެރުމެކެވެ. މިދިޔަ އަހަރުގެ ނު މުއްދަތުގައި އައިސްފައި ވަނީ 833،448 ޓޫރިސްޓުންނެވެ.

ރާއްޖެ އަށް މިހާރު އެންމެ ގިނަ ޓޫރިސްޓުންނަށް އަންނަ 10 ގައުމުމުގެ ތެރޭގައި ހިމެނެނީ ޗައިނާ (103،072 ޓޫރިސްޓުން)،
ރަޝިއާ (97،123 ޓޫރިސްޓުން)، އިނގިރޭސިވިލާތް (93،043 ޓޫރިސްޓުން)، އިޓަލީ (79،557 ޓޫރިސްޓުން)، ޖަރުމަން (69،238 ޓޫރިސްޓުން)، އިންޑިއާ 48،471 ޓޫރިސްޓުން)، ފްރާންސް (33،169 ޓޫރިސްޓުން)، އެމެރިކާ (28،310 ޓޫރިސްޓުން)، ސްވިޓްޒަލޭންޑް (21،226 ޓޫރިސްޓުން) އަދި ޕޮލެންޑް (16،151 ޓޫރިސްޓުން) އެވެ.

ރާއްޖޭގެ މި އަހަރުގެ ޓާގެޓަކީ 2.3 މިލިއަން ޓޫރިސްޓުން ގެނައުމެވެ.

މިހާރު ރާއްޖެ އަށް އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 6،700 އަށް ވުރެ ޓޫރިސްޓުން އާދެ އެވެ.