އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން މިދިޔަ އަހަރު ދެ ބިލިއަން ރުފިޔާ އަށް ވުރެ ގިނަ ލޯނު ދޫކޮށްފި އެވެ.
އެ ކުންފުނީގެ ހަވަނަ އަހަރީ އާންމު ޖަލްސާގައި އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރު 2.78 ބިލިއަން ރުފިޔާގެ ލޯނުގެ ދޫކޮށްފައިވެ އެވެ. އެ ލޯންތަކުގެ ތެރޭގައި ކެޕިޓަލް ލޯނު ޕޯޓްފޯލިއޯއި ން ދޫކޮށްފައިވާ 1.736 ބިލިޔަން ރުފިޔާ އާއި އެޑްމިނިސްޓާޑް ލޯނު ޕޯޓްފޯލިއޯ އިން ދޫކޮށްފައިވާ 1.045 ބިލިއަން ރުފިޔާގެ ލޯނު ހިމެނެ އެވެ.
ކެޕިޓަލް ލޯނު ޕޯޓްފޯލި އޯއިން ފާއިތުބި ފަސް އަހަރުގެ ތެރޭގައި ދޫކުރި ލޯނުތަކަށް ބަލާ އިރު، އެންމެ ގިނަ ލޯނު ދޫކޮށްފައި ވަނީ ޓޫރިޒަމް ދާއިރާއަށެވެ. އެއީ 521 މިލިއަން ރުފިޔާ އެވެ.
އެޑްމިނިސްޓްރޭޓިވް ލޯނު ޕޯޓްފޯލިއޯ އިން އެންމެ ގިނައިން ލޯނު ދޫކުރީ މަސްވެރިކަމުގެ ސިނާއަތަށެވެ. އެއީ 647 މިލިއަން ރުފިޔާ އެވެ.
އެސްޑީއެފްސީގެ ޕޯޓްފޯލިއޯ 180 ރަށަކަށް ފުޅާކޮށްފައިވާ އިރު މިދިޔަ އަހަރު އެޑްމިނިސްޓާޑްކޮށްފައިވާ ލޯނު ހިމެނޭހެން 1.13 ބިލިއަން ރުފިޔާ ޖުމްލަ ޕޯޓްފޯލިއޯގެ 44 ޕަސެންޓް ދޫކޮށްފައި ވަނީ އަތޮޅު ތެރެއަށެވެ.
އެސްޑީއެފްސީ އަކީ 2019 ގައި އުފެއްދި ކުންފުންޏެކެވެ.
އެ ކުންފުނީގެ މަގުސަދަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް އަލަށް ފެށުމަށާއި، ހިނގަމުން އަންނަ ވިޔަފާރިތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށާއި އަދި އެފަދަ ވިޔަފާރިތައް އިތުރަށް ތަރައްގީކޮށް ފުޅާކުރުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށް ދިނުމެވެ.