Last Updated: May 18, 06:21
Sunday, May 18, 2025
ދުނިޔެ

އިންޑިއާގައި ތުރުކީ ބޮއިކޮޓް ކުރުމުގެ ކެމްޕޭނެއް

އިންޑިއާ އާއި ޕާކިސްތާނާ ދެމެދު މިހާރު އުފެދިފައި އޮތް ނުތަވަސްކަމުގެ ތެރޭގައި ޕާކިސްތާނަށް ތާއީދުކޮށް ތުރުކީން ވާހަކަ ދައްކާތީ އެ ގައުމު ބޮއިކޮޓް ކުރުމުގެ ހަރަކާތްތަކެއް އިންޑިއާގައި ފަށައިފި އެވެ.

އެގޮތުން ތުރުކީގެ ބައެއް ވިޔަފާރިތައް އިންޑިއާ އިން ބޭރުކުމުގެ މަސައްކަތް ފަށާފައި އިރު، އެ ގައުމުގެ ބައެެއް ޔުނިވަސިޓީތަކުން ވަނީ ތުރުލީކި އެކިއެކި އިންސްޓިޓިއުޝަންތަކާ ހަދާފައިވާ އެެއްބަސްވުންތަކެއް ވެސް އުވާލައިފަ އެވެ. އޭގެ ތެރޭގައި އިންޑިއާގެ ޖަވާހަރްލާލޫ ނެހްރޫ ޔުނިވަސިޓި އާއި ޖާމިއާ މިލިއާ ޔުނަވަސިޓީ އާއި މައުލާނާ އާޒާދު ނެޝަނަލް އުރިދޫ ޔުނިވަސީ ފަދަ ތަންތަނުން ވަނީ ތުރުކީއާ އެކު ހަދާފައިވާ އެއްބަސްވުންތައް އުވާލައިފަ އެވެ.

މީގެ އިތުރުން އިންޑިއާގެ ބައެއް އެއާޕޯޓްތަކުގައި ގްރައުންޑް ހޭންޑްލިުންގެ ހިދުމަތް ދެމުން އަންނަ ތުރުކީގެ އޭވިއޭޝަން ކުންފުނި، ސެލެބީގެ ހިދުމަތްތައް ވެސް އިންޑިއާފައި ވަނީ ހުއްޓުމަކަށް ގެނެސްފަ އެވެ. މިކަމާ ގުޅިގެން އެ ކުންފުނިން މިހާރު އޮތީ އެ މައްސަލަ ދިއްލީ ހައި ކޯޓަށ ވެސް ހުށަހަޅައިފަ އެވެ.

އިންޑިއާގެ ސިވިލް އޭވިއޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއް ކަމަށްވާ މުރްލީދާރު މޮހޮލް ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ ސެލެބީ އެއާޕޯޓް ސާވިސެސް އިންޑިއާގެ ހިދުމަތްތައް ހުއްޓުމަކަށް ގެންނަން ނިންމީ ގައުމު އެކަމަށް އެދި ގޮވައިލަމުންދާތީ ކަމަށެވެ.

ޕާކިސްތާނުގެ ދިފާއުގައި ތުރުކީން ވާކަމކަ ދައްކާތީ އިންޑިއާގައި ބޮއިކޮޓް ކެމްޕޭން ހަރަކާތްތަކެއް ފުޅާވަމުންދާ އިރު، އިރު، އެގައުމުގެ އެކިއެކި ސިޔާސީ ފަރާތްތަކުން ވެސް ދަނީ އިންޑިއާ މީހުން ތުރުކީ އަށް ޗުއްޓީ އަށް ނުދާން ގޮވައިލަމުންނެވެ.

ތުރުކީއާ ދެކޮޅު އިންޑިއާގެ ބޮއިކޮޓް ކެމްޕޭން މިހާރު ސޯޝަލް މީޑިއާގައި ވެސް ވަރުގަދަވަމުންދާ އިރު، މޭކްމައިޓްރިޕް ފަދަ ޕްލެޓްފޯމުތައް މެދުވެރިކޮށް ހަދާ ބުކިންސްތައް ވެސް ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ.

އިންޑިއާ އާއި ޕާކިސްތާނާ ދެމެދު މައްސަލަ ހޫނުވީ މިދިޔަ މަހުގެ 22 ގައި ހަތިޔާރު އެޅި ޖަމާއަތަކުން، ކަޝްމީރުގެ އިންޑިއާގެ ފަޅީގެ ޕަހަލްގާމަށް ދިން ގަމަލާތަކެއްގައި 26 މީހަކު މަރައިލުމާ ގުޅިގެންނެވެ. އެ ހަމަލާގެ ޒިންމާ ޕާކިސްތާނުގެ ބޮލުގައި އަޅުވައި "އޮޕަރޭޝަން ސިންދޫރު" ގެ ނަމުގައި އިންޑިއާ އިން ޕާކިޮސްތާނާ ދެކޮޅަށް އަސްކަރީ އޮޕަރޭޝަނެއް ވެސް މި މަހުގެ 8 ގައި ފެށި އެވެ.

އެ އޮޕަރޭޝަންގެ ތެރެއިން ދެ ގައުމުން ހަމަލާތަކެއް ބަދަލު ކުރުމަށް ފަހު ހަމަލާތައް ހުއްޓައިލަން ނިންމީ މި މަހުގެ 10 ގަ އެވެ.