މުވާޞަލާތީ ގޮތުން ލިބެމުން އަންނަ ކުރިއެރުމުގެ ބޭނުން ރާއްޖެ ހިފަން ގައުމު އިޝްތިހާރުކޮށް، މަގުބޫލުކަން އިތުރު ކުރުމަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަކުރާ މުވާސަލާތާއި މައުލޫމާތުގެ ދާއިރާގެ ދުވަހާ ގުޅުވައިގެން އެ މަނިކުފާނު ވިދާޅުވީ ދުނިޔެ މި ދެކޭ ހަލުވި ކުރިއެރުމުގެ ބޭނުން ހިފަންވީ ރާއްޖެ އިޝްތިހާރުކޮށް، މަޤްބޫލުކަން އިތުރުކޮށް، ޤައުމަށް އާމްދަނީ ހޯދޭނެ މަގުތައް ފަހި ކުރުމަށް ކަމަށެވެ.
ރައީސް އެގޮތަށް ވިދާޅުވި އިރު، ރާއްޖެ އަކީ ޓޫރިޒަމް ދާއިރާ އިން ދުނިޔޭގެ އެންމެ މަޝްހޫރު އެއް ގައުމެކެވެ. އެގޮތުން ބޭރު ދުނިޔޭގައި ރާއްޖެ އިޝްތިހާރުކޮށް ޕްރޮމޯޓްކުރުމުގެ މަސައްކަތް ވަރަށް ފުޅާކޮށް އަންނަނީ ކުރެވެމުންނެވެ. ރާއްޖޭގެ އިގުތިސާދު ޓޫރިޒަމަށް ބިނާވެފައިވާ އިރު، އެ އިންޑަސްޓްރީ އަށް މިހާރު 53 އަހަރުވެއްޖެ އެވެ.
ރައީސް މިއަދު ކުރެއްބި ޕޯސްޓްގައި ވަނީ މުވާޞަލާތާއި މަޢުލޫމާތު ފެތުރުމުގެ ދާއިރާގެ އެކި މަސައްކަތްތައް ރާއްޖޭގައި ކުރާ ޚިދުމަތްތެރީންނަށް، ތަހުނިޔާ ވެސް ދަންނަވައިގަ އެވެ.
މި އަހަރުގެ ދުނިޔޭގެ މުވާސަލާތީ ދުވަހުގެ ޝިއާރަކީ "ޖެންޑރ އިކުއަލިޓީ އިން ޑިޖިޓަލް ޓްރާންސްފޮމޭޝަން" އެވެ.