Last Updated: May 18, 06:21
Sunday, May 18, 2025
ޚަބަރު

އެސްޓީއޯގެ އަހަރީ އާންމު ޖަލްސާ މިރޭ

އެސްޓީއޯގެ އަހަރީ އާންމު މިރޭ ބާއްވަން ތައްޔާރުވެއްޖެ އެވެ.

އެ ޖަލްސާ އޮންނާނީ ބާސެލޯ ނަސަންދުރާގައެވެ.

އެސްޓީއޯގެ އަހަރީ ޖަލްސާގައި ސީދާ ބައިވެރިވުމުގެ އިތުރުން މައިކްރޯސޮފްޓް ޓީމްސް މެދުވެރިކޮށް އޮންލައިންކޮށް ވެސް ބައިވެރިވެވޭނެ އެވެ. ޖަލްސާގައި ކުންފުނީގެ ހިއްސާދާރުންނާއި ސްޓޭކްހޯލްޑަރުން ބައިވެރިވެ، ކުންފުނީގެ މާލީ ނަތީޖާތަކާއި، ހިއްސާގެ ފައިދާ ބެހުމާއި، އަދި ކުރިއަށް އޮތް ވިޔަފާރީގެ ސްޓްރެޓެޖީތަކާ ބެހޭގޮތުން މަޝްވަރާ ކުރާނެ އެވެ.

އަހަރީ އާންމު ޖަލްސާގެ އެޖެންޑާގައި ހިމެނޭ މުހިންމު ކަންތައްތަކުގެ ތެރޭގައި އޮޑިޓަރުން އައްޔަންކުރުމާއި، ބޯޑު މެންބަރުން އައްޔަންކުރުން ވެސް ހިމެނެ އެވެ. މީގެ އިތުރުން ކުންފުނީގެ ދެމެހެއްޓެނިވި ތަރައްޤީގެ މަސައްކަތްތަކާ ބެހޭ އަޕްޑޭޓްތައް ވެސް ހިއްސާކުރާނެކަމަށް އެސްޓީއޯ އިން ބުނެ އެވެ.

ސަރުކާރުގެ ވިޔަފާރި ކުންފުނީގެ މިދިޔ އަހަރުގެ އަހަރީ އާއްމު ޖަލްސާ މި ރޭ ބާއްވާ އިރު ކުންފުންޏަށް މިދިޔަ އަހަރު ފައިދާގެ ގޮތުގައި 2.4 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ.