ރާއްޖޭގެ އެންމެ މަތީ ކޯޓް ކަމަށްވާ ސުޕްރީމް ކޯޓްގެ ފަނޑިޔާރު ކަމަށް ކުރިމަތިލާން ހުޅުވާލައިފި އެވެ.
އެ ކޯޓަށް ހޯދަނީ ދެ ފަނޑިރާރެކެވެ. ދެ ފަނޑިޔާރެއްގެ މަގާމު ހުސްވީ ކުރިން ފަނޑިޔާރުންގެ ގޮތުގައި ތިއްބެވި މަހާޒް އަލީ އާއި އަޒްމިރަލްދާ މިދިޔަ ހަފުތާގައ ފަނޑިޔާރުކަމުން ވަކިކުރުމާ ގުޅިގެންނެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ކުރި އިއުލާނުގައި ބުނީ ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 22 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލެވެނީ އުމުރުން 30 އަހަރުވެފައިވާ، ގާނޫނީ ނުވަތަ އިސްލާމީ ޝަރީއާގެ ރޮގުން ފުރަތަމަ ޑިގްރީ ހާސިލްކޮށްފައިވާ އަދި އެ ދާއިރާގައި ހަތް އަހަރު ދުވަހުގެ ތަޖުރިބާހުރި މީހުންނަށެވެ.