Last Updated: July 22, 18:06
Wednesday, July 22, 2026
ޚަބަރު

ކުރިއަށް އޮތް ތިން ދުވަހު ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ

ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާ މެޓް އޮފީހުން ލަފާކޮށްފި އެވެ.

މެޓް އޮފީހުން ބުނީ ހުޅަނގު މޫސުމުގެ ބާރުގަދަވާނެ ކަމަށް ބެލެވޭތީ، މާދަަމާ އިން ފެށިގެން އަންނަ އަންގާރަ ދުވަހަށް ރާއްޖޭގެ އެކި ހިސާބުތަަކަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ގުގުރުމާ އެކު ބޯކޮށް ވާރޭވެހުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

މި ވިއްސާރައިގައި ހާއްސަކޮށް މެދު ރާއްޖެތެރެ އާއި އުތުރު އަތޮޅުތަކުގައި ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ބުންޏެވެ.

އެހެންކަމުން ހުރިހާ ފަރާތްތަކުން ވެސް މޫސުމާ ބެހޭ އެންމެފަހުގެ މައުލޫމާތު އަދާހަމަކުރުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފަ އެވެ.