Last Updated: May 19, 11:15
Monday, May 19, 2025
ޚަބަރު

އުރީދޫން މީޑިއާތަކަށް އޭއައިއާ ގުޅޭ ސެޝަނެއް

މިއަދު ފާހަގަކުރާ ދުނިޔޭގެ ޓެލެކޮމިއުނިކޭޝަން އަދި އިންފޮމޭޝަން ސޮސައިޓީ ދުވަހާ ގުޅިގެން އުރީދޫ މޯލްޑިވްސްއިން ބޭސިކް މީޑިއާތަކަށް ހާއްސަކޮށްފެބް އޭއައި ޓްރެއިނިން ސެޝަނެއް ހިންގައިފި އެވެ.

ހުޅުމާލޭގައި ހުންނަ އުރީދޫ ގެ ހެޑްކުއާޓަރުގައި ބޭއްވި އެ ސެޝަނަކީ އެ ކުންފުނީގެ "ޑިޖިޓަލް މޯލްޑިވްސް" އިނިޝިއޭޓިވްގެ ދަށުން ކުރިއަށް ގެންދިޔަ ސެޝަނެކެވެ. ސެޝަނުގައި އޭއައި އާ ގުޅޭ މައުލޫމާތު ވަނީ ދީފަ އެވެ. ސެޝަނުގައި އަލިއަޅުވާލި މައިގަނޑު ބައިތަކުގެ ތެރޭގައި އޭއައިގެ އާންމު މައުލޫމާތާއި އޭއައި މަސައްކަތްކުރާ ގޮތާއި މީޑިއާގައި އޭއައި ބޭނުން ކުރެވިދާނެ ގޮތްތަކުގެ އިތުރުން އޭއައިގެ އެތިކްސް ހިއްސާކޮށްފައިވެ އެވެ.

ޓްރެއިނިން ސެޝަނުގައި އުރީދޫން އުފައްދާފައިވާ ޗެޓް ބޮޓް ދައްކާލައި، އެ ތައްޔާރު ކުރުމުގައި ބަލާފައިވާ ކަންކަމަށް ވެސް އަލިއަޅުވާލާފައިވެ އެވެ.

އުރީދޫން ބޭއްވި ބޭސިކް އޭއައި ޓްރެއިނިން ސެޝަނުގައި އެކި މީޑިއާތަކުން 15 މީހަކު ބައިވެރިވެ އެވެ.