Last Updated: May 19, 09:41
Monday, May 19, 2025
ޚަބަރު

ފޭރިގެން އަނެއްކާ ވެސް ހައްޔަރަށް

އިމިގްރޭޝަން އޮފިސަރަކަށް ހެދިގެން މާލޭގެ ގެއަކަށް ވަދެ ބިދޭސީއެއްގެ އަތުން ފޭރުނު މައްސަލާގައި ހައްޔަރުކުރި މީހާ އަނެއްކާ ވެސް ފޭރުމުގެ އެހެން މައްސަލައެއްގައި ހައްޔަރުކޮށްފި އެވެ.

ގ. ބެރުގެ، މުހައްމަދު ނަވީން، 44، ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ބަންދަށް 15 ދުވަސް ވަނީ ޖަހައިފަ އެވެ.

އިމިގްރޭޝަންގެ އޮފިސަރަކަށް ހެދި އޭނަ ފޭރުނު މައްސަލައެއްގައި ހައްޔަރުކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ. އޭރު ނަވީން އާއި އިތުރު ދެ މީހަކު ގެއަކަށް ވަދެ، ބަންގްލަދޭޝް މީހެއްގެ އަތުން ފޯނަކާއި 9،000ރ. ފޭރިގެންފައިވެ އެވެ.