Last Updated: May 19, 10:31
Monday, May 19, 2025
ޚަބަރު

އިމްޕޯޓް އެކްސްޕޯޓުން ލިބުނު އާމްދަނީ 379 މިލިއަނަށް

މާލޭ ވިޔަފާރި ބަނދަރަށް މުދާ ބާލަނީ - ފޮޓޯ: އެމްޕީއެލް

މިދިޔަ އޭޕްރީލް މަހު އިމްޕޯޓްސް، އެކްސްޕޯޓުން އާމްދަނީގެ ގޮތުގައި 379 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

ކަސްޓަމްސް އިން ބުނީ މިއީ މިދިޔަ މާރިޗު މަހުގެ އާމްދަނީގެ ގޮތުގައި ލިބުނު 350 މިލިއަން ރުފިޔާއާ އަޅައިބަލާއިރު 88 މިލިއަން ރުފިޔާގެ އިތުރުވުމެއް ކަމަށެވެ.

މިދިޔަ ޖެނުއަރީމަހު ރާއްޖެއަށް 4.7 ބިލިޔަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު، ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވަނީ އިންޑިއާ، ޗައިނާ، ޔޫއޭއީ، މެލޭޝިއާ އަދި ސިންގަޕޫރުންނެވެ.

މިދިޔަ މަހު ރާއްޖެއިން ބޭރުކޮށްފައިވަނީ 292 މިލިއަން ރުފިޔާގެ މުދަލެވެ.

ރާއްޖެއިން އެންމެ ގިނައިން މުދާ އެކްސްޕޯޓްކޮށްފައި ވަނީ ތައިލެންޑް، އިނގިރޭސިވިލާތް، މިސްރު، ވިއެޓްނާމް އަދި ސްވިޒަލޭންޑަށް ކަމަށް ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.