އެސްޓީއ އަށް މިދިޔަ އަހަރު ލިބުނު އާމްދަނީން ހިއްސާގެ ފައިދާގެ ގޮތުގައި 80ރ. ބަހަން ފާސްކޮށްފި އެވެ.
އެގޮތަށް ނިންމީ ރޭ ބާސެލޯ ނަންދުރާގައި ބޭއްވި އަހަރީ ޖަލްސާގަ އެވެ.
ހިއްސާއަކަށް 80ރ. ބަހަން މި އަހަރު ވެސް ނިންމި އިރު، މިއީ ހިއްސާގެ ފައިދާގެ ގޮތުގައި 80ރ. ބަހަން އެސްޓީއޯ އިން ވިދިވިދިގެން ނިންމި ދެ ވަނަ އަހަރެވެ. މި އަދަދަކީ ވޭތުވި 17 އަހަރުގެ ތެރޭގައި އެސްޓީއޯއިން ހިއްސާގެ ފައިދާގެ ގޮތުގައި ބަހާފައިވާ އެންމެ ބޮޑު އަދަދު ވެސް މެ އެވެ.
ސަރުކާރުގެ ވިޔަފާރި ކުންފުނީގެ މިދިޔަ އަހަރުގެ ހިސާބުތަކުން ދައްކާ ގޮތުގައި ކުންފުންޏަށް މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި 15.4 ބިލިއަން ރުފިޔާ ލިބިފައިވެ ވެ. މިއީ، އޭގެ ކުރީ އަހަރާ ބަލާއިރު ހަ ޕަސެންޓު ދަށް އަދަދެކެވެ. އެސްޓީއޯ އިން ޖުމްލަ އާމްދަނީ ދަށްވި މައިގަނޑު ސަބަބަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ހެޔޮ ބަދަލާއެކުކުންފުނިން ވިއްކަމުން ދިޔަ ތެލުގެ އަގު ތިން ފަހަރެއްގެ މަތިން ދަށްކުރަން ޖެހުން ކަމަށެވެ.
އެސްޓީއޯ އަށް މިދިޔަ އަހަރު ޓެކްހަށް ކެނޑުމުގެ ކުރިން 846 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި ޓެކްހަށް ކެނޑުމަށް ދަހު މިދިޔަ އަހަރު ސާފު ފައިދާ އަކީ 741 މިލިއަން ރުފިޔާ އެވެ.