Last Updated: June 8, 15:03
Monday, June 8, 2026
ޚަބަރު

"ސްމާޓް ސްޓޯރް" ފާމަސީއަކަށް ބަދަލުކޮށްލަނީ

އެސްޓީއޯ އިން ހުޅުމާލޭގައި ހުޅުވާފައިވާ "ސްމާޓް ސްޓޯރް" ބޭސްފިހާރައަކަށް ބަދަލު ކުރުމަށް ނިންމައިފި އެވެ.

ރޭ ބޭއްވި އެ ކުންފުނީގެ އަހަރީ އާއްމު ޖަލްސާގައި މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހީމް ވިދާޅުވީ އެ ފިހާރަ ބޭސްފިހާރައަކަށް ބަދަލު ކުރުމަށް ވާން ޖެހޭ ތައްޔާރީތައް މިހާރު ކުރިއަށްދާ ކަމަށެވެ.

ޖުލައި 27، 2023 ގައި ހުޅުމާލޭގެ ފޭސް އެކެއްގައި ހުޅުވި "ސްމާޓް ސްޓޯރް" ފާމަސީއަކަށް ބަދަލުކުރުމަށް ނިންމީ ހުޅުމާލޭގައި ދިރިއުޅެމުން އަންނަ ރައްޔިތުންނަށް ބޭސް ލިބިމުގައި މިހާރު އޮތް އުނދަގޫތަކަށް އިތުރު ލުއިތަކެއް ހޯދައި ދިނުމުގެ ބޭނުމުގައި ކަމަށެވެ. އެގޮތުން ހުޅުމާލޭ ހޮސްޕިޓަލުގައި މިހާރު ހުންނަ ބޭސްފިހާރައިން ހިދުމަތް ހޯދުމަށް ރައްޔިތުން ގިނައިރު އެތަނުގައި ހޭދަކުރަން ޖެހޭ ކަމަށް ޝިމާދު ވިދާޅުވި އެވެ.

އެސްޓީއޯގެ "ސްމާޓް ސްޓޯރް" އަކީ ކޭޝިއަރަކާ ނުލައި 24 ގަޑިއިރު ހިދުމަތް ހޯދޭ ގޮތަށް ހުޅުވި ތަނެކެވެ.

ޝިމާދު ވިދާޅުވީ އެ ފިހާރަ ފާމަސީއަކަށް ބަދަލު ކުރަން ނިންމައި، ހުޅުމާލޭ ފޭސް ދޭއްގައި ވެސް ފާމަސީއެއް ގާއިމު ކުރުމަށް މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.