މެކްސިކޯގެ ކަނޑުގެ ސިފައިންގެ ޓްރެއިނިން އުޅަނދެއް ނިއު ޔޯކްގެ ބްރިޖެއްގެ ދަށުން ދަތުރު ކުރަނިކޮށް، ބްރިޖްގައި ޖެހި ނުރައްކާތެރި ހާދިސާއެއް ހިނގައިފި އެވެ.
ހާދިސާގައި ދެ މީހަކު މަރުވެ، 19 މީހަކު ޒަހަމްވެފައިވެ އެވެ. ޒަހަމްވި ދެ މީހުންގެ ތެރެއިން ދެ މީހެއްގެ ހާލު ވަރަށް ސީރިއަސް ކަމަށް ކަމާބެހޭ ފަރާތްތަކާ ހަވާލާދީ ނިއު ޔޯލްގެ މޭޔަރު އެރިކް އެޑަމްސް ވިދާޅުވި އެވެ.
މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ނޭވީގެ އުޅަނދު ޖެހުނީ ބްރޫކްލިން ބްރިޖްގަ އެވެ. އޭގެ ދަށުން އެ އުޅަނދު ދަތުރު ކުރަނިކޮށް ބްރިޖްގެ ކުނބުތައް ބްރިޖްގައި ޖެހި ބިންދައިގެން ގޮސްފައިވެ އެވެ.
އެ ހާދިސާ ހިނގި އިރު، އުޅަނދުގައި 277 މީހަކު ތިއްބެވެ.
ހާދިސާގައި އުޅަނދަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ނަމަވެސް ބްރިޖަށް މާ ބޮޑު ގެއްލުމެއް ނުވާ ކަމަށް މީޑިއާތަކުން ބުންޏެެވެ.
މި ހާދިސާ މިހާރު ތަހުގީގު ކުރަުން އަންނަ އިރު، ފުލުހުން ބުނީ މިހާތަނަށް ފާހަގަ ބެލިބެލުމުން އުޅަނދު ޖެހުނީ އޭގެ ދަށުން ދަތުރު ކުރަމުން ދަނިކޮށް ދިމާވި "މެކޭނިކަލް އިޝޫއަކުން ކަރަންޓް ކެނޑި" އަނދިރުވެގެން ކަމަށެވެ.