ދައުލަތުގެ ދަރަނިތައް ހަރުދަނާ އުސޫލެއްގެ ދަށުން މެނޭޖް ކުރުމަށްޓަކައި ފިނޭންސް މިނިސްޓްރީ އަށް ކޮންސަލްޓަންޓެއް ހޯދަން އިއުލާންކޮށްފިއެވެ.
އެ މިނިސްޓްރީން ބުނީ "ޑެޓް ސްޓެރެޓަޖީ އެންޑް ރިސްކް މެނޭޖުމަންޓް ކޮންސަލްޓެންޓް" ގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ ބުދަ ދުވަހުގެ މެންދުރު ފަހު 1:00 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.
މިނިސްޓްރީން ބުނީ އެ މަގާމަށް މީހަކު ހޯދަނީ ދައުލަތުގެ ސިޔާސަތުތަކާއި ދަރަނި ބެލެހެއްޓުމުގައި އެންމެ ރަނގަޅު އުސޫލުތައް އުފެއްދުމުގެ އިތުރުން ގާނޫނީ، ރެގިއުލޭޓަރީ އަދި އޮޕަރޭޝަނަލް ފްރޭމްވޯކްތަކުގެ މަސައްކަތްތައް ހަރުދަނާ ކުރުމަށާއި ދަރަނީގެ މުއާމަލާތްތައް ޞައްޙަކޮށް ހިންގުމާއި، ސެޓްލްމަންޓާއި، ރެކޯޑްކުރުމަށް އެހީތެރިވުމަށްޓަކައި އޮޕަރޭޝަނަލް ޕްރޮސެސްތައް ހަލުވިކުރުމަށްޓަކައި ކަމަށެވެ.