ޑިވެލޮޕްމެންޓް ބޭންކް އޮފް މޯލްޑިވްސް (ޑީބީއެމް) ގެ ސީއީއޯ/މެނޭޖިން ޑިރެކްޓަރުގެ މަގާމުން އިސްތިއުފާ ދެއްވި ނޮއެލް ގްރެގާ ޕެޓަސަން ޖޯންސް މަގާމުން ވަކިވުމާ ހަމައަށް ވެސް މުސާރަ ދީފައިވާ ކަމަށް އެ ބޭންކުން ބުނެފިއެވެ.
މުސާރަ އާއި އިނާޔަތްތައް ނުލިބިގެން އޭނަ އޮތީ މައްސަލަ ޓްރިބިއުނަލަށް ހުށަހަޅައިފައެވެ.
މިކަމާ ގުޅިގެން އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ކުރީގެ ސީއީއޯ މަގާމުން ވަކިވުމާ ހަމައަށ ހައްގު މުސާރަ ފުރިހަމައަށް ދީފައިވާ ކަމަށެވެ. އަދި ކަމުގެ ނޮއެލް މަގާމުން އިސްތިއުފާ ދެއްވީ މުސާރަ ނުދީގެން ކަމަށް ނުދެކޭ ކަމަށް ވެސް ޑިވެލޮޕްމަންޓު ބޭންކުން ބުންޏެވެ.
ނޮއެލް އިސްތިއުފާ ދެއްވީ މިދިޔަ މާޗް މަހުގެ ތެރޭގަ އެވެެ.
ޑީބީއެމްގެ އެންމެ އިސް މަގާމަށް ނޮއެލް އައްޔަންކުރީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގަ އެވެ. އިނގިރޭސިވިލާތަށް ނިސްބަތްވާ ނޮއޮލް އަކީ ދެކުނު އެފްރިކާގެ ކޭޕް ޓައުން ޔުނިވާސިޓީން ޑިގްރީ ފުރިހަމަ ކުރުމަށް ފަހު އޮކްސްފޯޑް ޔުނިވާސިޓީން މާސްޓާސް ހައްދަވާފައިވާ ބޭފުޅެކެވެ.
އޭނަ އަކީ ބޭންކިން ދާއިރާގައި 28 އަހަރު ހޭދަކޮށްފައިވާ ތަޖުރިބާކާރެކެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދާ އެއްގޮތަށް އުފެއްދި ޑީބީއެލް ހުޅުވީ މިދިޔަ އަހަރުގެ ނޮވެމްބަރު 16 ގަ އެވެ.