Last Updated: May 20, 10:45
Tuesday, May 20, 2025
ޚަބަރު

ކިލޯއަކަށް ވުރެ ގިނަ ޑްރަގާ އެކު ބަޔަކު ހައްޔަރަށް

ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެއްޗާ އެކު ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ހައްޔަރުކޮށްފައި ވަނީ މއ. ދަގަނޑުކެޑިގެ، މާލެ، ޙަސަން ނިމާލު، 44، އާއި ހ. ރީފްވިޔު ހުޅަނގުބައި 3/ މާލެ، ޝިފާނާ ޢަބްދުއްސައްތާރު، 38، އެވެ.

ފުލުހުން ބުނީ އެ ދެ މީހުން ހައްޔަރު ރީ، މަސްތުވާތަކެތި ގެންގުޅެ، ވިއްކައި ވިޔަފާރިކޮށް، ބޭނުންކުރާކަމަށް ކައުންޓަ-ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި ކަމަށެވެ.

އެގޮތިން އިއްޔެ ހިންގި އޮޕަރޭޝަނުގައި، މައްޗަންގޮޅި ގެއަކާއި ހުޅުމާލޭގެ އެޕާޓްމަންޓެއް ބަލައި ފާސްކޮށްފައިވާ ކަމަށާއި ބަލައި ފާސްކުރުމުގެ ތެރެއިން، މަސްތުވާތަކެތި ވިއްކައި ވިޔަފާރިކޮށްގެން ހޯދާފައިވާ ކަމަށް ތުހުމަތުކުރެވޭ 7،000 އަށް ވުރެ ގިނަ ދިވެހި ރުފިޔާ އާއި މަސްތުވާތަކެތި ކަމަަށް ތުހުމަތު ކުރެވޭ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފެނުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަނުގައި 1،058.55 ގުރާމު ހުރި ކަމަށް ވެސް ފުލުހުން ބުންޏެވެ.

މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.