Last Updated: May 20, 11:48
Tuesday, May 20, 2025
ޚަބަރު

އިމިގްރޭޝަނުން ވަޒީފާގެ 50 ފުރުސަތު

އިމިގްރޭޝަނުން ވަޒީފާގެ 50 ފުރުސަތަށް ހުޅުވާލައިފި އެވެ.

އެ އިދާރާ އިން މުވައްޒަފުން ހޯދަނީ މާލެ ސަރަހައްދަށް އިމިގްރޭޝަން އޮފިސަ ޓްރެއިނީގެ މަގާމަށެވެ.

މި ވަޒީފާތަކަށް މީހުން ނަގަން ބާއްވާ ވޯކް-އިން އިޓަވިއު އޮންނާނީ މި މަހުގެ 24 ގަ އެވެ.

ވަޒީފާތަކަށް ނަގާނީ އުމުރުން 40 އަހަރު ނުފުރޭ މީހުންނެވެ. އިތުރު ޝަރުތަކުގެ ތެރޭގައި 'ސާނަވީ' ނުވަތަ އެއާ އެއްފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން، ނުވަތަ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސެޓްފިކެޓް 3 ޙާސިލްކޮށްފައިވުން ހިމެނެ އެވެ.

އިމިގްރޭޝަން އޮފިސަ ޓްރެއިނީންގެ އަސާސީ މުސާރަ އަކީ މަހަކު 6،500ރ. އެވެ. މީގެ އިތުރުން ސާވިސް އެލަވަންސަށް މަހަކު 1،500ރ. އާއި ސްޕެޝަލް ސާވިސް އެލަވަންސްގެ ގޮތުގައި މުސާރައިގެ 35 ޕަސެންޓް، ބޭސިކް ޓްރޭނިން ފުރިހަމަކުރުމުން ލިބޭނެ އެވެ.