މި އަހަރަށް ޙައްޖަށް ދިއުމަށް ޙައްޖު ކޯޕަރޭޝަންގެ ކިއުގައި ހަމަޖެހިފައިވާ ތިބި ހުރިހާ މީހުންނަށް ވެސް ޙައްޖަށް ދިއުމުގެ ފުރުސަތު ލިބޭނެކަމަަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީން ބމީ އަހަރުގެ ޙައްޖު ކޯޓާގެ ތަފްސީލް މި މަހުގެ 26 ވަނަ ދުވަހު ހާމަކުރާނެ އެވެ. އަދި ކޮންމެ އަހަރަކުވެސް ކޯޓާ ބޭނުން ކުރާ ގޮތުގެ ތަފްސީލް ވުޒާރާއިން ހާމަ ކުރާ ގޮތަށް އޮތީ ނިންމައިފައި ކަމަށް ވެސް ބުންޏެވެ.
ރާއް ޖެއިން ޙައްޖަށް ދާ މީހުންގެ އިންތިޒާމުތައް ރަނގަޅު ކުރުމަށް މިނިސްޓްރީ އާއި ޙައްޖު ކޯޕަރޭޝަނުން ގުޅިގެން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
މިއަހަރަކީ އަލަށް ދިވެހި ޙައްޖުވެރިންނަށް 'މައްކާ ރޫޓު އިނީޝިއޭޓިވް" ގެ ދަށުން ޙައްޖަށް ދިއުމުގެ އިންތިޒާމް ހަމަޖެހި، ޙައްޖުގެ ދަތުރަށް ބޮޑު ލުއި ފަސޭހައެއް ލިބިގެންދާނެ އަހަރެއް ވެސް މެ އެވެ.
ރާއްޖެ އިން ހައްޖަށްދާﷲ މީހުން ފުރަން ހަމަޖެހިފައި ވަނީ 26، 27، 29 އަދި 30 ގައެވެ.
އެގޮތުން 27 އާއި 29 ވަނަ ދުވަހު ހައްޖުވެރިން ސައުދީއަށް ގެންދާނީ ގައުމީ މޯލްޑިވިއަނުންނެވެ.
ހައްޖާޖީންގެ ފުރަތަމަ ޓީމު މަހުގެ 26 ގައި ސައުދީ އެއާލައިންގައި ފުރަން ހަމަޖެހިފައިވާ އިރު، އެ ފްލައިޓުގައި 235 ހައްޖުވެރިން ފުރާނެއެވެ. ދެވަނަ ފްލައިޓުގައި 257 ހައްޖުވެރިން، ތިން ވަނަ ފްލައިޓުގައި 250 އަދި ފަހު ފްލައިޓުގައި 25އެހެންކަމުން، މި އަހަރު ރާއްޖެ އިން 1،000 ހައްޖުވެރިން ސައުދީއަށް ދާނެ އެވެ.