ބ. ގޮއިދޫ ސްކޫލުގައި މަސައްކަތްކުރާ ބިދޭސީ ފިރިހެން ޓީޗަރަކު އެކި މީހުންނަށް މެސެޖުކޮށް އެއްޖިންސުން ގުޅުން ހިންގަން ދައުވަތު ދެމުން ދިޔަކަމަށް ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފެންމަތިވެ، އެ މައްސަލަ ފުލުހުން ބަލަން ފަށައިފި އެވެ.
ފުލުހުން ބުނީ އެ މައްސަލަ ރިޕޯޓްކުރީ އިއްޔެ ކަމަށާއި މައްސަލައިގެ މަޢުލޫމާތު ކަމާ ގުޅުން ހުރި އިދާރާތަކާ ހިއްސާކޮށް، އެ މުއައްސަސާތަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާ ކަމަށެވެ.
އެއްޖިންސުން ގުޅުން ހިންގަން ދައުވަތު ދޭ ކމމަށް ތުހުމަތު ކުރެވެނީ އިންޑިޔާއަށް ނިސްބަތްވާ ޓީޗަރަކަށެވެ. އަދި އޭނަ އަކީ ގޮއިދޫ ސްކޫލްގެ އިނގިރޭސި ކިޔަވައިދޭ ޓީޗަރެއް ކަމަށް އެނގިފައިވެ އެވެ. އެ ޓީޗަރު މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ.
އެ ޓީޗަރު އެކި މީހުންނަށް މެސެޖުކޮށް އޭނަ އުޅޭ ތަނަށް އައުމަށް ދައުވަތުދީ ތަފާތު ވާހަކަތައް ދައްކާފައިވާ މެސެޖުތަކުގެ ސްކްރީންޝޮޓްތަކެއް ވެސް ސޯޝަލް މީޑިއާގައި ދައުރުކޮށްފައިވެ އެވެ.