ބުނެވޭ ގޮތުގައި ކުކުޅެއްގެ ފަޔަކަށް ހަރުފަޔަކު ވިހަލި އެވެ. އެ ވިހަ ކުކުޅުގެ މުޅި ހަށިގަނޑަށް ފެތުރުނެވެ. ނަމަވެސް އެހެން ކުކުޅުތައް އެ ސޮރުމެންގެ ތެރޭގައި އެވިހަ ފެތުރިގެން ހިނގައިދާނެކަމަށްޓަކައި އެ ޖަމާޢަތުން މި ކުކުޅު ބޭރުކުރި އެވެ. ކުކުޅު ރޯން އިނެވެ. އެ ސޮރު ރޮނީ ވިހައިގެ ސަބަބުން ލިބެމުންދާ ވޭނަކަށް ނޫނެވެ.
ނަމަވެސް އެ ސޮރުގެ ޢާއިލާ އާއު ރައްޓެހިންގެ ބޭނުން އެންމެ ބޮޑަށް ޖެހުނު ދުވަހު ހުރިހާ އެންމެން އެ ސޮރަށް މޫނު އަނބުރައިލީތީ އެވެ. އެހެންކަމުން އެ ހުރިހާ އެންމެން ދޫކޮށް އެހެން ސަރަހައްދަކަށް ބަދަލުވި އެވެ. ހުމުގެ ސަބުން އަނދަމުންދާ ކަމުގެ އިޙްސާސާއެކު ދުންފިނީގެ ތެރެއަށް ގޮސް ގެއްލުނެވެ. އެހެން ކުކުޅުތައް އެމަންޒަރު ބަލަން ތިއްބެވެ.
އެއް ކުކުޅު އަނެއް ކުކުޅާ މުޚާޠަބުކޮށް ބުންޏެވެ. "އަހަރެމެންނާ ދުރަށް ގޮސް އެ ސޮރު މަރުވާން ދޫކޮށްލާށެވެ. އެ ކުކުޅު ލޮލުގެ ކޮޅަށް ގެއްލުމުން ކުކުޅުތައް ހީކުރީ އެ ސޮރު މަރުވީކަމުގައެވެ. ބައެއް ކުކުޅުތައް ޖައްވަށް ބަލައިލި އިރު މަތީގައި ބާޒުތައް ހޯރައަޅަމުން ދިޔަ އެވެ."
ދުސްތަކެއް ފާއިތުވެ ދިޔަ ފަހުން ހަމިންބާޑު ދޫނި އައިސް ދިނީ އެ ކުކުޅު ދިރި ދުނިޔޭގައި އިންކަމުގެ ޚަބަރު ދިނެވެ. ވަރަށް ދުރުގައި ހުރި ހޮހަޅައެއްގައި ދިރިއުޅެމުން އަންނަކަމުގަ އެވެ. އެ ސޮރަށް ފުރިހަމަ ޞިއްޙަތު ލިބިފައިވާކަމުގަ އެވެ. ނަމަވެސް ހަރުފަ އެ ސޮރުގެ ފަޔަށް ވިހާލާފައި ހުރުމުގެ ސަބަބުން، ކާބޯތަކެތި ހޯދުމަށް އުނދަގޫކަމެވެ. އެހެންކަމުން އެކާބޯތަކެތި ހޯދުމަށް ކުކުޅުތަކުގެ އެހީތެރިކަން ބޭނުންވާކަމުގަ އެވެ. ދޫނި އެހެން ބުނުމުން މުޅިތަނަށް ހަމަހިމޭންކަން ވެރިވި އެވެ. އަދި ކޮންމެ އެއްޗެއް ވެސް އެ އެއްޗެއްގެ ޢުޒުރު ހާމަކުރަން ފެށި އެވެ. މި ދުވަސްކޮޅަކީ އަހަރެން ބިސްއަޅާ ދުވަސްކޮޅެވެ. އަހަރެން ކާބޯތަކެތި ހޯދުމަށް މަސައްކަތް ކުރަނީ އެވެ. އަހަރެންގެ ކުދި ފިޔޮއްތައް ބަލަހައްޓަން ޖެހެ އެވެ. މިގޮތަށް ހުރިހާ ކުކުޅުތައް އެކަމަށް ޢުޒުރުވެރިވި އެވެ. ދޫނި ހޮހަޅަށް ދިޔައީ އެ ކުކުޅުތަކުގެ ފަރާތުން އެއްވެސް އެހީތެރިކަމެއް ނުލިބި އެވެ.
އޭގެ ދުވަސްކޮޅެއް ފަހު ދޫނި އެ ކުކުޅުތަކުގެ ގާތަށް އަ އެވެ. މި ފަހަރު ގެނެސްދިނީ ހިތާވެރި ޚަބަރެކެވެ. އެއީ އެ މީހުންގެ އުޚުތާގެ މަރުގެ ޚަބަރެވެ. އެކަނިމާއެކަނި ހޮހަޅައިގައި އޮވެ އެވެ. ވަޅުލައި ދޭނެ، އަދި ހިތާމަކޮށް ރޮއިލަދޭނެ މީހަކު ނެތި އެވެ.
އެ ވަގުތު މުޅިތަނަށް ހިތާވެރިކަން ވެރިވި އެވެ. ހުރިހާ ކުކުޅުތައް ހިތާވެރިކަން ފައުޅުކުރަން ފެށިއެވެ. ކުކުޅު ބިސް އެޅުން ހުއްޓާލި އެވެ. ކާބޯތަކެތި ހޯދުން ހުއްޓައިލި އެވެ. އަދި ޅަދަރިންނަށް އަޅާލަމުން ދިޔަ ކުކުޅުތައް އެކަން ހުއްޓައިލި އެވެ. އެ މީހުން އަމިއްލަ ނަފުސާ ސުވާލު ކުރަން ފެށި އެވެ. ދުރާލާ ފިޔަވަޅު ނޭޅީ ކީއްވެގެން ހެއްޔެވެ؟ އަހަރެމެންގެ އުޚުތާ އެކަނިވެރި ޙާލަށް ދޫކޮށްލީ ކީއްވެގެން ހެއްޔެވެ؟
ފާއިތުވެ ދިޔަތަނާ މެދު ހިތާކުރަން ފެށި އެވެ. ދުރާލައި ތައްޔާރުވުމެއް ނެތި ކުއްލިއަކަށް ހުރިހާ ކުކުޅުތައް ހޮހަޅަށް ދިޔަ އެވެ. ރޮމުން ހިތާމަފައުޅު ކުރަމުންނެވެ. އެހެން ނަމަވެސް މިހާރު ވަނީ އެ ވަނީ ވަގުތު ފާއިތުވެފަ އެވެ. އެ މީހުންނަށް ހޮހަޅައިން އެ ކުކުޅެއް ނުފެނެވެ. ފެނުނީ އެ ސޮރުގެ ފަތްތަކެވެ.
ވާހަކައިން ލިބޭ ޢިބުރަތް: "ދިރިއުޅުމުގެ ޙަޔާތުގައި ތިބާ ދިރިހުންނަ އިރު މީސްތަކުން ތިބާ އަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް މާ ބޮޑު މަސައްކަތެއްނުކޮށްފާނެ އެވެ. އެހެން ނަމަވެސް ތިބާ މަރުވުމުން އެތައް މޭލެއް ކަޑައްތު ކުރުމަށް ފަހު ފަސްދާނުގައި ލުމަށް އަންނާނެ އެވެ. ޖަނާޒާގައި ކަރުނަ އޮހޮރުވާނެ އެވެ. އެހެން ނަމަވެސް އެއީ ހިތާމަވެރިކަމުގެ ކަރުނައެއް ނޫނެވެ. އެއީ އަމިއްލަ ނަފުސަށް މަލާމާތްކޮށް ޟަމީރު ކުށްވެރިކުރަމުގެ ކަރުނަ އެވެ." (قصة من أروع القصص)
ނޯޓް: މިއީ ޝައިހް މޫސާ އަންވަރު ހަސަންގެ ލިޔުމެކެވެ.