Last Updated: May 20, 10:09
Tuesday, May 20, 2025
ޚަބަރު

ރޯގާ އާއި ހުން އިތުރުވާން ފަށައިފި، ސަމާލުވޭ!

ރޯގާ ކްލިނިކް - ފޮޓޯ: ސަން

މިދުވަސްވަރު ރާއްޖޭގައި ރޯގާ އާއި ހުން ފެތުރެމުންދާ ކަމަށާއި އެކަމަށް ސަމާލުވުމަށް ކުޑަކުދިންގެ ހާއްސަ ޑރ. އަޖްމަދު ފައިސަލް އިލްތިމާސްކުރައްވައިފި އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޑރ. ފައިސަލް ވިދާޅުވީ، ވަރަށް ބޮޑަށް ރޯގާ އާއި ހުން އިތުރުވާން ފަށާފައިވާ ކަމަށާއި އެހެންކަމުން ބަލިން ރައްކާތެރިވުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ސަމާލުކަން ދިނުމަށް އިލްތިމާސްކުރާ ކަމަށެވެ.

އެގޮތުން ގިނަގިނައިން އަތްދޮވުމަށާ ކެއްސާ ކިނބިހި އަޅާއިރު ނޭފަތާއި އަނގަ ޓިޝޫއަކުން ނިވާކުރުމުގެ އިތުުރުން ބަލިވެ އުޅޭ ނަމަ ގިނަގިނައިން ދިޔަތަކެތި ބޭނުންކުރުމަށް އިރުޝާދު ދެއްވާފައިވެ އެވެ.

މީގެ އިތުރުން ބަލި ކުދިން މި ދުވަސްވަރު ސްކޫލަށް ނުފޮނުވުމަށް ވެސް ޑޮކްޓަރު ވަނީ ލަފާދެއްވާފަ އެވެ.

ޑރ. ފައިސަލް ވަނީ ރޯގާޖެހި ނޭވާލަން އުނދަގޫވާނަމަ ނުވަތަ ހުން އައިސް ތިން ދުވަސްވެއްޖެނަމަ ވަގުތުން ޑޮކްޓަރަށް ދެއްކުމަށް ވެސް އިރުޝާދު ދެއްވާފަ އެވެ. އަދި މިފަދަ ބަލިތައް ފެތުރެމުންދާ ދުވަސްވަރެއްގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަކީ ވަރަށް މުހިންމު ކަމެއްކަން ފާހަގަކުރައްވާ ފައިސަލް ވިދާޅުވީ ހާއްސަކޮށް ކުޑަކުދިންނާއި ދުވަސްވީ މީހުން މިފަދަ ބަލިތަކުން ރައްކާތެރިކުރުމަށް އެންމެން ސަމާލުކަން ދޭންވާނެ ކަމަށެވެ.