Last Updated: July 27, 11:42
Monday, July 27, 2026
މުނިފޫހިފިލުވުން

'ޖުރަސިކް ވޯލްޑް ރީބާތު' ޖުލައި 2 ގައި

L to R: Scarlett Johansson as skilled covert operations expert Zora Bennett and Jonathan Bailey as paleontologist Dr. Henry Loomis in JURASSIC WORLD REBIRTH, directed by Gareth Edwards.

ހޮލީވުޑުން ގެނެސްދޭ ސައިންސް ފިކްޝަން ފިލްމު ސީރީޒް "ޖުރަސިކް" ގެ ކުރިއަށް އޮތް ފިލްމު "ޖުރަސިކް ވޯލްޑް ރީބާތު" ގެ އާ ޓީޒާއެއް ދައްކާލައި އަންގާރަ ދުވަހު ފިލްމުގެ އާ ޓްރެއިލާއެއް ގެނެސްދޭނެކަން އިއުލާންކޮށްފި އެވެ.

އަންނަ ޖުލައި 2 ގައި ސިނަމާތަކަށް ގެންނަން ހަމަޖެހިފައިވާ މި ފިލްމަކީ 2022 ގެ "ޖުރަސިކް ވޯލްޑް ޑޮމިނަން" އާ ގުޅުުވައިގެން ގެނެސްދޭ ފިލްމެކެވެ. މިއީ މި އަހަރުގެ އެންމެ އުންމީދީ އެއް ފިލްމެވެ.

ގެރެތު އެޑްވަޑްސް ޑައިރެކްޓްކޮށްފައިވާ "ޖުރަސިކް ވޯލްޑް ރީބާތު" ގެ ކާސްޓްގައި ސްކާލެޓް ޖޮހަންސަން، މެހެރްޝާލާ އަލީ، ޖޮނަތަން ބެއިލީ، ރުޕަޓް ފްރެންޑް، މެނުއެލް ގާޝިއާ-ރަފްލޯ، ލޫނާ ބްލެއިޒް، ޑޭވިޑް އިއަކާނޯ އަދި އެޑް ސްކެރިން ހިމެނެ އެވެ.

"ޖުރަސިކް ވޯލްޑް ރީބާތު" ގެ ސްކްރީންޕްލޭ ލިޔެފައި ވަނީ 1993 ގެ "ޖުރަސިކް ޕާކް" އާއި 1997 ގެ "ދަ ލޮސް ވޯލްޑް: ޖުރަސިކް ޕާކް" ވެސް ލިޔުނު ޑޭވިޑް ކޮއެޕް އެވެ.