Last Updated: May 20, 11:14
Tuesday, May 20, 2025
ޚަބަރު

އައްޑޫ ރައްޔިތުންގެ ލޮލުގައި އަޅުވަނީ އަނދުން: ނާޒިލު

މިދިޔަ އަހަރުގެ މަޖިލިސް އިންތިހާބުގެ ކެމްޕޭން ތެރޭގައި އަައްޑޫ ހަންކެޑެ އިންޓަގްރޭޓެޑް ޓޫރިޒަމަށް ތަރައްގީ ކުރުމުގެ ޕްރޮޖެކްޓް މި ސަރުކާރުން އިފުތިތާހުކުރީ ރައްޔިތުންގެ ލޮލުގަ އަނދުން އަޅުވަން ކަމަށް އެމްޑީޕީގެ ޕީޖީ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް ވިދާޅުވެއްޖެ އެވެ.

ޕީޖީ ގްރޫލުން އައްޑު އަށް ކުރާ ދަތުރުގެ ތެރެއިން އިއްޔެ ރޭ މަރަދޫ ބަނދަރުމަތީގައި ބޭއްވި ޖަލްސާއެއްގައި ނާޒިލު ވިދާޅުވީ މިދިޔަ އަހަރުގެ އެޕްރީލް މަހުގެ 15 ވަނަ ދުވަހުގެ ރޭ ހޯމް މިނިސްޓަރު އަލީ އިހުސާން ބައިވެރިވެވަޑައިގެން ހަންކެޑެ ޕްރޮޖެކްޓް އިފުތިތާހު ކުރަން ހަވާ އަރުވައި ކުލަގަދަ ރަސްމިއްޔާތަކަށް ބޮޑު ހޭދައެއް ކުރުން ފިޔަވައި އެ މަޝްރޫއާ ގުޅޭ އެއްވެސް ކަމެއް މި ސަރުކާރުން ނުކުރާ ކަމަށެވެ.

އޭނަ ވިދާޅުވީ އެއީ ވޯޓް ހޯދަން މަޖިލިސް އިންތިހާބަށް ރައްޔިތުންގެ ލޮލުގައި އެޅުވި އަނދުނެއް ކަމަށެވެ.

އަދި ބަންދުކޮށްފައި އޮންނަތާ ފަސް އަހަރެއްހާ ދުވަސްވީ ޝަންގްރިލާ ވިލިގިލި ރިސޯޓް އެންޑް ސްޕާ ވެސް އޮޕަރޭޝަނަށް ގެނައުމަށް އެތައް ވައުދުތައްވީ އިރު، ވެރިކަމަށް ދޮޅު އަހަރުވީ އިރު ވެސް އެކަމަށް ކުރެވުނު ކަމެއް ވެސް ނެތް ކަމަށް ނާޒިލު ވިދާޅުވި އެވެ.

އޭނަ ވިދާޅުވީ އައްޑު އަށް ވީ ވައުދުގައި ކަންކަން މިގޮތަށް ހުރި އިރު، ބޯމަތިވަމުން އަންނަ ލޯކަލް ކައުންސިލް އިންތިޚާބާ ދިމާކޮށް އަނެއްކާވެސް އައު ވައުދުތަކެއްވާތަން މި ސަރުކާރުން އައްޑޫ ރައްޔިތުންނަށް ވާ ތަން ފެންނާނެ ކަމަށެވެ.

ނާޒިލް ވިދާޅުވީ، އައްޑޫގެ ތަރައްގީ އަށް މަސައްކަތް ކުރީ އެމްޑީޕީގެ ފަސް އަހަރުގެ ސަރުކާރުގައި ކަމަށާއި އެ ސަރުކާރުން ވައުދުވި ކޮންމެ ކަމެއް އޮތީ ނިމިފައިވާ ކަމަށެވެ.