Last Updated: May 20, 10:45
Tuesday, May 20, 2025
މުނިފޫހިފިލުވުން

2026 ގެ ފިތުރު އީދު ސަލްމާނަކަށް ނޫން، އަޖޭ އަށް

ބޮލީވުޑްގެ ތަރިންގެ ތެރެއިން ސަލްމާން ޚާނަކީ އާންމުކޮށް ކޮންމެ އަހަރެއްގެ ފިތުރު އީދާ ދިމާކޮށް އޭނަގެ ފިލްމެއް ބެލުންތެރިންނަށް ގެނެސްދޭން މަޝްހޫރު ތަރިއެކެވެ. މި އަހަރުގެ ފިތުރު އީދުގައި ގެނެސްދިން އޭނަގެ ފިލްމަކީ "ސިކަންދަރު" އެވެ.

އެކަމަކު އަންނަ އަހަރުގެ ފިތުރު އީދަށް ސަލްމާންގެ ފިލްމެއް ނެތެވެ.

ބަދަލުގައި މިހާރު ވަނީ އަންނަ އަހަރުގެ ފިތުރު އީދުގައި އަޖޭ ދޭވްގަންގެ ފިލްމެއް ގެނެސްދޭން ނިންމައި، އެކަން އެ ފިލްމުގެ ޓީމުން އިއުލާން ވެސްކޮށް އެވެ. އެއީ ޑައިރެކްޓަރު އިންދަރު ކުމާރު ގެނެސްދެމުން އަންނަ ކޮމެޑީ ފްރެންޗައިޒް "ދަމާލް" ގެ ހަތަރު ވަނަ ބަ އެވެ.

ޓީ ސީރީޒުން ޕްރޮޑިއުސްކުރާ އެ ފިލްމުގެ ޝޫޓިން މިދިޔަ މަހުން ފެށިގެން ކުރިއަށްދާ އިރު، އަންނަ އަހަރުގެ ފިތުރު އީދުގައި "ދަމާލް 4" ގެނެސްދޭނެކަން އިއުލާންކުރީގެ މީގެ ދެ ދުވަސް ކުރިންނެވެ.

މީގެ ކާސްޓްގައި "ދަމާލް" ގެ ކުރީގެ ތިން ބައިގެ ވެސް އާންމު ކާސްޓް ވެސް ހިމެނެ އެވެ. އޭގެ ތެރޭގައި އަރުޝަރު ވަރްސީ، ޖާވިދް ޖެފްރީ، ރިތޭޝް ދޭޝްމުކް ހިމެނެ އެވެ. މީގެ އިތުރުން އެ ދެ ތަރިންނާ އެކު އަޖޭ، ރަވީ ކިޝަން، ސަންޖޭ މިޝްރާ، ސަންޖީދާ ޝެއިހް އަދި އަންޖަލީ އާނަންދު "ދަމާލް 4" އިން ފެންނާނެ އެވެ.

މި ފްރެންޒައިޒާ އަޖޭ ގުޅުނީ 2019 ގައި ގެނެސްދިން "ޓޯޓަލް ދަމާލް" އާ އެކުގަ އެވެ. އޭގެ ކާސްޓްގައި އަނިލް ކަޕޫރާއި
މަދޫރީ ޑިކްސިޓް ވެސް ހިމެނެ އެވެ. އެކަމަކު އާ ފިލްމުގައި ތަރިންނެއް ނުހިމެނެ އެވެ.

"ދިލް" ބޭޓާ"، "ރާޖާ"، އިޝްގް"، "މަން" އަދި "މަސްތީ" ފަދަ ކާމިޔާބު ފިލްމުތައް ގެނެސްދިން އިންދަރުގެ އެންމެ ފަހުގެ ފިލްމަކީ އަޖޭ މުހިއްމު ރޯލެއް ކުޅުނު 2022 ގެ "ތޭންކް ގޯޑް" އެވެ.