ސޮނީ ހާޑުވެއާއަށް 2.5 މިލިއަން ރުފިޔާ ދައްކަން ސިވިލް ކޯޓުން ފެނަކަ ކޯޕަރޭޝަންގެ މައްޗަށް ހުކުމެއްކޮށްފި އެވެ.
އެ ކޯޓުން އުއްޔެ ކުރިި އެހުކުމަކީ ފެނަކައިން އެކި ފަހަރު މަތިން ސޮނީން ހޯދާފައިވާ މުދަލުގެ އަގަށްވާ ފައިސާ އެވެ. މި ފެނައިން ލިބެން ޖެހޭ ފައިސާ ނުލިބިގެން ސޮނީ ހާޑްވެއާ ދައުވާކުރީ 2023 ގަ އެވެ.
ސިވިލް ކޯޓުގެ ގާޒީ އަހުމަދު އަބްދުލްމަތީން ފެނަކަ އަށް އިއްވި ހުކުމްގައި ވަނީ އަންނަ މަހުގެ 18 ގެ ކުރިން ސޮނީ ހާޑްވެއާ އަށް 2،523،106.199ރ. ދެއްކުމަށެވެ.
މީގެ ކުރިން ވެސް އެކި ކުންފުނިތަކުން ބޮޑެތި އަދަދުތަކުން ނަގާފައިވާ މުދަލަށް ފައިސާ ނުދައްކައިގެން ފެނަކައިގެ މައްޗަށް ހުކުމްތައްކޮށްފައިވެ އެވެ.
ފެނަކަ އަކީ ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން ކޮރަޕްޝަންގެ ތުހުމަތުތައް އެންމެ ބޮޑަށް ކުރެވޭ ކުންފުންޏެވެ.