Last Updated: June 8, 15:03
Monday, June 8, 2026
ޚަބަރު

އެމްއެންޔޫގެ 'ފަހި ފުރުސަތު' މި ހަފުތާގައި

ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) ގެ "ފަހި ފުރުސަތު" ޖޮބް ފެސްޓިވަލް މި ހަފުތާގައި ބާއްވަން ތައްޔާރުވެއްޖެ އެވެ.

އެ ކުރިއަށް ގެންދަން ނިންމީ މި މަހުގެ 22 އާއި 23 ގަ އެވެ.

ފެސްޓިވަލްގެ އެގްޒިބިޓަރސްގެ ގޮތުގައި ޕެންޝަން އޮފީސް، މިފްކޯ، ޓޫރިޒަމް މިނިސްޓްރީ، ،އެސްޓީއޯ، ކޭޕީއެމްޖީ، މޯލްޑިވިސް މީރާގެ އިތުރުން ވެސް އެކި ފަރާތްތަކުން ބައިވެރިވާ ކަމަށް ޔުނިވަސިޓީން ބުންޏެވެ.

ޔުނިވަސިޓީން ބުނީ ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ ޖޮބް ފެސްޓިވަލްގެ ސަބަބުން ވަޒީފާ ހޯދާ ފަރާތްތަކާއި ވަޒީފާދޭ ފަރާތްތަކާ އެއް ތާކުުން ބައްދަލުވެވި އެ ޒުވާނެއްގެ ހުނަރާއި ޤާބިލުކަމާ އެކަށީގެންވާ ވަޒީފާ ހޯދުމުގެ އިތުރުން ތަމްރީނު ހާޞިލު ކުރުމާއި ހުނަރުވެރިކަން އިތުރުކުރުމުގެ ފުރުޞަތުތަކަށް މަގުފަހިވެގެން ދާ ކަމަށެވެ.

މާލެއާ އެކު އަތޮޅު ތެރޭގެ ކެމްޕަސްތަކުގައި "ފަހި ފުރުސަތު" ކުރިއަށް ގެންދާނެ އެވެ.