Last Updated: June 8, 15:03
Monday, June 8, 2026
ޚަބަރު

ބޮޑު އީދު ފާހަގަކުރާ 3 ރަށް ކަނޑައަޅައިފި

މި އަހަރުގެ އަޝްހާ އީދު ގައުމީ ފެންވަރުގައި ފާހަގަކުރާނެ 3 ރަށް ކަނޑައަޅައިފި އެވެ.

ރަށްތައް ކަނޑައެޅި ހެރިޓޭޖް މިނިސްޓްރީއާ ގުޅިގެން އީދު ފާހަގަކުރަން ޝައުގުވެރިވާ ރަށްތަކަށް ޕްރޮޕޯސަލް ހުށަހަޅަން ފުރުސަތު ދިނުމަށް ފަހު އެވެ.

އެގޮތުން ޕްރޮޕޯސަލްތަކަށް ބިނާކޮށް އެންމެ ރަނގަޅު ތިން ޕްރޮޕޯސަލް ހުށަހެޅި ރަށްތަކަކީ ހއ ކެލަ އާއި ކ. ގުރައިދޫގެ އިތުރުން ލ. ގަމެވެ. މި ރަށްތަކުގައީ އީދު ފާހަގަކުރަން ތަފާތު ގިނަ ކުޅިވަރު ހަރަކާތްތައް ކުރިއަށް ގެންދާނެ އެވެ.

ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ބޮޑު އީދު ދުވަހަކީ އަންނަ މަހުގެ 7 އެވެ.

މިނިސްޓްރީން ބުނީ ގައުމީ ފެންވަރުގައި ޢީދު ފާހަގަކުރާ ތިން ރަށުގެ ހަރަކާތްތައް ޕަބްލިކް ސާވިސް މީޑިއާގެ ޗެނަލްތަކުން ލައިވްކޮށް ކުރާނެ ކަމަށެވެ.