މާލޭގެ ހާބަރު ސަރަހައްދަށް އިއްޔެ ގެނބެމުން ދަނިކޮށް ސަލާމަތްކުުރި މީހާ އޮތީ ވެންޓިލޭޓަރުގައި ކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.
ނޯތު ހާބަރު ކައިިރިން ގެނބެމުން ދަނިކޮށް ސަލާމަތްކޮށް، ފަރުވާ ދެމުން އަންނަ މީހާ އަކީ 44 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެ މީހާ ސަލާމަތްކުރީ މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ) ގެ ކުރީގެ ރައީސް އަބްދުﷲ އަރީފް (ފުކޫ) އެވެ.
އެ މީހާ އަށް ވެންޓިލޭޓަރުގައި ފަރުވާ ދެމުން ދިޔަ ނަމަވެސް އިތުރު ތަފުސީލެއް އައިޖީއެމްއެޗުން ނުދެ އެވެ.
ގެނބުނު ހާދިސާ ފުލުހުން އަންނަނީ ބަލަމުންނެވެ.